
ބޭނުން ވަނީ އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި މިނިވަންކަން ހޯދައިދޭން: ރައީސް
# ރައީސް މުއިއްޒުފޮޓޯ: ރައީސް އޮފީސް
ބޭނުންފުޅު ވަނީ އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި މިނިވަންކަން ހޯދައިދޭން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ އެ ދުވަހުގެ މުނާސަބަތާ ގުޅުން ނެތް، ސިޔާސީ ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމާ ގުޅޭގޮތުން ވިދާޅުވީ ޤައުމުގެ މިނިވަންކަމުގެ ވާހަކަދައްކާއިރު، މާޒީގައި ކަންވެފައި ހުރިގޮތާއި އެކަންކަން ރަނގަޅުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ހާމަކުރުން މުހިންމު ކަމަށެވެ.
އެގޮތުން، ހަމައެކަނި ސިޔާސީ ގޮތުން މިނިވަންކަން ލިބިގެން ރައްޔިތުންނަށް ހަގީގީ މިނިވަންކަމުގެ އިހުސާސް ނުކުރެވޭނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި މިނިވަންކަން ހޯދައިދެއްވުން ކަމަށް ވިދާޅުވިއެވެ. އަދި ޚާރިޖީ ގޮތުންނާއި ދާޚީލީ ގޮތުންނާއި ތަރައްގީ އާއި ތަމައްދުނުގެ ގޮތުންވެސް މިޤައުމަކީ މިނިވަން ޤައުމަކަށްވުން މުހިންމު ކަމަށް ވިދާޅުވިއެވެ.
ނީގެ އިތުރުން ރާއްޖެއާއި ބޭރު ޤައުމުތަކާ އޮންނަ ގުޅުމަކީ މިނިވަންކަމުގައި މުހިންމު ބައެއް ކަމަށާއި ކުރީގެ ބައެއް ސަރުކާރުތަކުން ގެންގުޅުއްވި ޚާރިޖީ ސިޔާސަތުތަކަށް އަލިއަޅުއްވާލެއްވީ ކަމުގެ ހަގީގަތް ހާމަކޮށްދެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޤައުމުގެ ޚާރިޖީ ސިޔާސަތު އޮންނަންވާނީ އަމިއްލަ މުސްތަގިއްލުކަމާއެކު ދިވެހީން އިސްކުރެވިގެން ބައްޓަންކުރެވިފައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ނޭޝަން ޗެޓް ގައި ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ޚާރިޖީ ސިޔާސަތު އަބަދުވެސް ގެންގުޅުއްވާނީ އެއްވެސް ބަދަލެއް ނުގެނެސް ދިވެހިން އިސްކުރުމުގެ ޕޮލިސީގެ ދަށުން ކަމަށެވެ.
ގުޅުންހުރި

އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނެ: ރައީސް

ބޭނުން ވަނީ އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި މިނިވަންކަން ހޯދައިދޭން: ރައީސް

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި




