logoEN
WAMCO TOP 1
މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ، ސަމާލުވޭ!

މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ، ސަމާލުވޭ!

# މޫސުމާއިބެހޭ ގައުމީ އިދާރާ# މޫސުން

މޫސުން ގޯސް ދުވަހެއް-

މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އަންގައިފި އެވެ.

THE TRAVELLER AD

މެޓުން ބުނީ މާދަމާ ވިއްސާރަކުރާނެކަމަށ ލަފާކުރެވެނީ ހުޅަނގުމޫސުމާއި ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝަ ޓަރަފް ގެ ސަބަބުންނެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އުފެދިފައިވާއިރު، ހާއްސަކޮށް މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކޮށް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން މެޓް އޮފީހުގެ ޑިއުޓީ ފޯކްސްޓަރ 3323084 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް މެޓުން ވަނީ އެދިފަ އެވެ.

މިދުވަސްވަރަކީ ސުކޫލް ޗުއްޓީ ދުވަސްވަރު ނަމަވެސް ޖޫން ޖުލައިގެ މޫސުން ގޯސްވާ ދުވަސްވަރެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަަރާތްތަކުން ހާއްސަކޮށް މޫސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓް
ފަހުގެ
HDC