logoEN
WAMCO TOP 1
ވެމްކޯގެ ޚިދުމަތް މިއަހަރު އިތުރު 15 ރަށެއްގައި ފަށަނީ

ވެމްކޯގެ ޚިދުމަތް މިއަހަރު އިތުރު 15 ރަށެއްގައި ފަށަނީ

# ވެމްކޯ

ވެމްކޯ މުވައްޒަފުން ކުނި އުކާލުމުގަ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް މިއަހަރު އިތުރު 15 ރަށެއްގައި ފެށުމަށް ނިންމައިފިއެވެ.

THE TRAVELLER AD

ވެމްކޯ އިން ހާމަކޮށްފައިވާ ގޮތުގައި ރަށްރަށުގައި ކުނިކޮށި ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން 26 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވެމްކޯއާވެސް މުހިންމު މަސައްކަތްތަކެއް ހަވާލުކޮށްފައިވާކަމަށާއި ވެމްކޯގެ ޚިދުމަތް ފެށުމަށް ހަވާލުކޮށްފައިވާ 26 ރަށުގެ ކައުންސިލްތަކާއި މަޝްވަރާކޮށް، އިދާރީ ގިނަ މަސައްކަތްތަކެއް ނިމިފައިވާކަމަށް ހާމަކުރެއެވެ. އަދި މިހާރު ކުރަމުންދަނީ ޢަމަލީގޮތުން މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ވެހިކަލްތަކާއި، މެޝިނަރީތައް ހޯދުމުގެ މަސައްކަތްތައްކަމަށް ވެމްކޯ އިން ބުނެއެވެ.

ވެމްކޯ އިން ބުނީ އަމާޒަކީ މިއަހަރުތެރޭ އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށްކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ވެމްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ހުރިހާ ސިޓީތަކުގައި ވެމްކޯގެ ޚިދުމަތް ފަށައި، އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
ފަހުގެ
HDC