
މާލެ ސަރަހައްދުގައި ކުނި ގިނަވާތީ، އެ ކަމަށް އަވަސް ހައްލެއް ހޯދަން ކައުންސިލަރުން ވެމްކޯއަށް
# ވެމްކޯ# މާލެ ސިޓީ ކައުންސިލް# ސިޔާސީ# ކުނި މެނޭޖް ކުރުން# ކުނި ނެގުންފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލެ ސަރަހައްދުގައި ކުނި ގިނަވަމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި މާލެ ސިޓީ ކައުންސިލްގެ 11 ކައުންސިލަރަކު މިއަދު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ޒިޔާރަތްކޮށްފިއެވެ.

ކައުންސިލަރުން ވެމްކޯއަށް ޒިޔާރަތްކޮށްފައި މި މަހުގެ 19 ވަނަ ދުވަހުގެ އިރާކޮޅު ތިލަފުށީ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ މަގުތަކާއި މައިޒާންތަކުގައި ކުނި ގިނަވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.
މާލޭގެ މަގުތަކުން ނަގާ ކުނިތަކާއި، ޕާކުތަކާއި މައިޒާންތަކުގައި އުފެދޭ ކުނި އުކާލެވޭނެ ދާއިމީ ނިޒާމެއް މި ވަގުތު ނެތުމުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ކައުންސިލުން މިހާރު ކުނި އަޅަން ބޭނުންކުރާ ސަރަހައްދު ފުރިފައިވާ ކަމަށާއި، ތިލަފުއްޓަށް ކުނި ނުގެންދެވޭތާ މިހާރު 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށް ކައުންސިލުން ފާހަގަ ކުރެއެވެ.
މި ކަމާ ގުޅިގެން ކައުންސިލަރުންނާ ބައްދަލުކުރައްވައި ވެމްކޯގެ އެޗް.އާރު ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާން ވިދާޅުވީ، ތިލަފުށީ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފައިވާ ކަމަށެވެ.
މީގެ ސަބަބުން ދުވަހުން ދުވަހަށް ދެމުން އަންނަ ކުނިއުކުމުގެ ޚަދުމަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ކައުންސިލަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެމުން ޝާން ވިދާޅުވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ މަޝްވަރާކޮށްގެން މި ކަމަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން ތިލަފުށީގެ ކުނި އަޅާ ސައިޓް އަލުން އޮޕަރޭޝަނަށް ގެނެސް، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާކަމުގެ ޔަގީންކަން ޝާން ދެއްވިއެވެ.
މި ކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ މާލެ ތެރޭގައި ކުނި ގިނަވެ، އާންމު ޞިއްޙީ ބޮޑު މައްސަލައަކަށް މި ކަން ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތެވެ. އެހެންކަމުން، ވެމްކޯއިން ކަނޑައަޅައިފައިވާ މުއްދަތުގެތެރޭގައި މައްސަލަ ހައްލު ނުވެއްޖެނަމަ، އަލުން ވެމްކޯއަށް ދާން ކައުންސިލަރުން މިއަދު ވަނީ ނިންމައިފައެވެ.
ގުޅުންހުރި

މާލެ ސަރަހައްދުގައި ކުނި ގިނަވާތީ، އެ ކަމަށް އަވަސް ހައްލެއް ހޯދަން ކައުންސިލަރުން ވެމްކޯއަށް

ރައީސް މުއިއްޒުގެ ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ: މެމްބަރު މަމްދޫހް

ޢިއްޒުއްދީން ފާލަން ސަރަހައްދުގެ ފަޅު ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި




