logoEN
WAMCO TOP 1
ބިލެތްފަހި ކައުންސިލު ޢިމާރާތުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ

ބިލެތްފަހި ކައުންސިލު ޢިމާރާތުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ

ހުސައިން އަހްމަދު

logo

7/28/2026, 11:36:55 AM

# ރައީސް މުއިއްޒު# ށ. ބިލެއްފަހި# ކައުންސިލް އިދާރާ

ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

ށ. ބިލެތްފަހި ކައުންސިލު އިމާރާތުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

THE TRAVELLER AD

މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ ތެރެއިން އިމާރާތްކުރާ ތަނެކެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް(އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށް ދަނީ ފުރާޅު އެޅުމުގެ މަސައްކަތާއި، ފެންވައިރު ކުރުމުގެ މަސައްކަތުގެ އިތުރުން އިންފާރުގެ މަސައްކަތެވެ.

އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.

ކޮމެންޓް
ފަހުގެ
HDC