
ލ.ގަން
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އޭނާ ގެއްލިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:14 ހާއިރު ލިބުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ގަމުން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.ފުލުހުން ބުނީ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ޒުވާނާގެ އެއްވެސް ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭގެ މެންދަމު 2:00 ހާއިރު އެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން، އޭނާ ދުއްވި ސައިކަލު މިހާރު ފެނިފައިވާކަމަށާއި، އެ ސައިކަލު ފެނިފައިވަނީ ގަމުގެ ރިވެރީޒް ބީޗް ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ މި ޒުވާނާ ހޯދުމުގެ މަސައްކަތް ފުލުހުންގެ ޓީމުތަކުން އެ ސަރަހައްދުގައި ކެނޑިނޭޅި ކުރަމުންދާކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އެދޭކަމަށެވެ.






