logoEN
WAMCO TOP 1
ބްރިޖްގައި ނުރައްކާތެރިކޮށް ދުއްވި 3 ސައިކަލު 30 ދުވަހަށް ޓޯ ކޮށްފި

ބްރިޖްގައި ނުރައްކާތެރިކޮށް ދުއްވި 3 ސައިކަލު 30 ދުވަހަށް ޓޯ ކޮށްފި

# ސިނަމާލެ ބުރިޖު# ފުލުހުން

ސިނަމާލެ ބްރިޖް

ސިނަމާލެ ބްރިޖްގައި ނުރައްކާތެރިކޮށް ދުއްވި 3 ސައިކަލެއް ދިވެހި ފުލުހުންގެ ހިދުމަތުން ޓޯ ކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ ސިނަމާލެ ބްރިޖްގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި 3 ސައިކަލެއް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާއިލެވިފައިވާ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އެ ސައިކަލުތައް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ސަމާލުކަމަށް މިކަން އައީ ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯތަކުން ސައިކަލުތަކެއްގައި ގަވައިދާ ހިލާފަށް ބަޔަކު ދުއްވާ މަންޒަރުތައް ދައުރުވާން ފެށުމުންނެވެ. އެގޮތުން ބާރު ސްޕީޑުގައި ދުއްވައި، ސައިކަލުގެ އޮށޯވެ އޮވެގެން ދުއްވި މަންޒަރު ފެންނަ ވީޑިއޯގައިވާ ސައިކަލުތައް ފުލުހުން ވަނީ ދެނެގަނެފަ އެވެ.

ސިނަމާލެ ބްރިޖުގައި ދުއްވޭނެ އެންމެ ބާރު މިނެއް ކަމަށް ކަނޑައަޅާފައިވަނީ ގަޑިއަކު 50 ކިލޯ މީޓަރެވެ. އަދި ސައިކަލު ދުއްވާ މީހާ އާއި ފަހަތުގައި އިންނަ މީހާވެސް ހެލްމެޓު އެޅުމަކީ މަޖުބޫރު ކަމެކެވެ.

ކޮމެންޓް
ފަހުގެ
HDC