logoEN
WAMCO TOP 1
މިނިވަން ދުވަހާ ގުޅިގެން 2 ސަރަހައްދެއްގައި ހުރި އުޅަނދުތައް ނަގަން ފުލުހުން އަންގައިފި

މިނިވަން ދުވަހާ ގުޅިގެން 2 ސަރަހައްދެއްގައި ހުރި އުޅަނދުތައް ނަގަން ފުލުހުން އަންގައިފި

# ފުލުހުން# މިނިވަން ދުވަސް

އުޅަނދުތައް ނެގުމަށް އަންގާފައިވާ ސަރަހައްދު

މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ދެ ސަރަހައްދެއްގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފުލުހުން އަންގައިފިއެވެ.

THE TRAVELLER AD

އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގެ ޖުމްހޫރީ މައިދާން ސަރަހައްދު، އަމީރު އަހުމަދު މަގު އަދި ބޮޑުތަކުރުފާނު މަގުގެ ޕޮލިސް ސްޓޭޝަން ސަރަހައްދުން ޗާންދަނީ މަގާ ހިސާބާ ހަމައަށްވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށް އެދޭ ކަމަށެވެ. އަދި ޖުލައި 25 ވަނަ ދުވަހުގެ 14:00 ކުރިން އެ އުޅަނދުތައް ނެގުމަށް ވަނީ އެދިފައެވެ.

ފުލުހުން ބުނީ މިއީ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ޖުލައި 26 ވަނަ ދުވަހުގެ ފަތިހު 3:45 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް، ބޮޑުތަކުރުފާނު މަގުގެ ޖުމްހޫރީ މައިދާން ސަރަހައްދު އެއްކޮށް ބަނދުކޮށް، އަމީރު އަހުމަދު މަގު އަދި ބޮޑުތަކުރުފާނު މަގުގެ ޕޮލިސް ސްޓޭޝަން ސަރަހައްދުން ޗާންދަނީ މަގާ ހިސާބަށް ބަނދުކުރަން ނިންމާފައިވާ އިރު ޖުމްހޫރީ މައިދާން ސަރަހައްދު ކަނޑު އުޅަނދުފަހަރަށްވެސް ބަނދު ވާނެ ކަމަށެވެ.

މީގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއާ ގުޅިގެން، ޖުލައި 25 ވަނަ ދުވަހުގެ 14:00 ކުރިން ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ، ބޮޑުތަކުރުފާނު މަގުގެ ރަސްފަންނު ސަހައްދު، ކަނބާ އައިސާ ރަނި ހިނގުމުގެ ބައެއްގެ އިތުރުން، މަޖީދީ މަގު ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދު އަދި ސަބްދެލީ މަގުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށްވެސް ފުލުހުން ވަނީ އަންގާފަ އެވެ.

ފުލުހުން ބުނީ، ޖަލްސާއާ ގުޅިގެން، ޖުލައި 26 ވަނަ ދުވަހުގެ 6:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޗާޓުގައި ފާހަގަކޮށްފައިވާ، ބޮޑުތަކުރުފާނު މަގުގެ ރަސްފަންނު ސަހައްދު، ކަނބާ އައިސާ ރަނި ހިނގުމުގެ ބައެއްގެ އިތުރުން، މަޖީދީ މަގު ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދު، ސަބްދެލީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެ ކަމަށެވެ.

ފުލުހުން ވަނީ، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށް، ޓްރެފިކް ފްލޯއަށް ގެނެވޭ މި ބަދަލުގެ ސަބަބުން އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދިފަ އެވެ.

ކޮމެންޓް
ފަހުގެ
HDC