
ޢިއްޒުއްދީން ފާލަން ސަރަހައްދުގެ ފަޅު ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި
# މާލެ ސިޓީ ކައުންސިލްފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ އުތުރު ފަރާތު ޢިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ ފަޅު ތެރެ ސާފުކުރުމުގެ ބޮޑު މަޝްރޫޢެއް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި މަސައްކަތަކީ އެ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކޮށް، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ސަރަހައްދުގެ ފަޅު ސާފުކުރުމުގެ މަސައްކަތް ފަށައިފައިވަނީ އެ ސަރަހައްދަކީ ގިނަ ޢަދަދެއްގެ އުޅަނދުފަހަރު ކައިރިކުރާ އަދި ޢާންމުން ބޭނުންކުރާ ސަރަހައްދަކަށް ވާތީއެވެ. މި މަސައްކަތުގެ ތެރެއިން ފަޅުތެރެއަށް އުކައިލެވިފައިވާ ކުނިތައް ނަގައި، ސަރަހައްދު ސާފުތާހިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޢިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ ފަޅު ސާފުކުރުމުގެ މަސައްކަތް މި ފެށީ، ދާދި ފަހުން ސަރުކާރުން އެ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވަނިކޮށެވެ. އެ ގޮތުން، ސަރުކާރުން ވަނީ މި ސަރަހައްދުގެ ޖެޓީ ތަރައްގީކޮށް، އެ ސަރަހައްދުގެ މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތާރުއަޅައިފައެވެ.
މި ސަރަހައްދަކީ ރަސްމީ އިއްޒަތްތެރިންނާއި ފަތުރުވެރިން އަދި ޢާންމު ރައްޔިތުން ގިނައިން ބޭނުންކުރާ ސަރަހައްދަކަށް ވުމާއެކު، ފަޅު ސާފުކުރުމުގެ މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގެ ރީތިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ސިޓީ ކައުންސިލުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގެ ފަޅުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ.
ގުޅުންހުރި

ޢިއްޒުއްދީން ފާލަން ސަރަހައްދުގެ ފަޅު ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

ވިޔަފާރިވެރިންގެ މިސްކިތުގައި ހުރި ބާ މުސްހަފުތައް ސިނަމާލެ 3 ގެ ގުދަނަކަށް ބަދަލުކޮށްފި

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޢިއްޒުއްދީން ފާލަން ސަރަހައްދުގެ ފަޅު ހުސްކޮށްދިނުމަށް އެދިއްޖެ




