
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯކްލަބް މުޅިން ހިލޭ ބަލާލުމުގެ ފުރުސަތު
# ދިރާގުފޮޓޯ: ދިރާގު
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް މުޅިން ހިލޭ ބޭނުންކުރެވޭ ހާއްސަ އޮފާއެއް އިއުލާންކޮށްފިއެވެ.

މި އޮފާގެ ދަށުން، ޕޯސްޓްޕެއިޑް 750 އިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، އެއްވެސް އިތުރު ފީއަކާ ނުލައި އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް އެކްޓިވޭޓް ކުރެވޭނެއެވެ. މިއީ ދިވެހި އުފެއްދުންތަކާއި، ފިލްމު އަދި މުނިފޫހިފިލުވުމުގެ ތަފާތު ގިނަ ޕްރޮގްރާމްތައް ހިލޭ ބަލާލުމަށް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
މީގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑްގެ ހުރިހާ ކަސްޓަމަރުންނަށް، ލިމިޓްލެސް 21 ޑޭ ބޫސްޓަރ އެކްޓިވޭޓް ކޮށްގެން މި ހިދުމަތް ހިލޭ ހޯދުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ. މިގޮތުން ބޫސްޓަރ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް، އެ ބޫސްޓަރގެ މުއްދަތު ހަމަވަންދެން މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ ބޭނުންކުރެވޭނެއެވެ. އަދި ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ އޮފާގެ ދަށުން 31 އޮގަސްޓްގެ ނިޔަލަށް މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ އެކްޓިވޭޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން، މި އޮފާއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ދިރާގު އެޕްގެ އީ-ޒޯން މެދުވެރިކޮށް މީޑިއާނެޓް ވީޑިއޯކްލަބްގެ ހިދުމަތް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެއެވެ. އަދި، މި އޮފާއާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ދިރާގުން މަސައްކަތް ކުރަމުން ދަނީ ޒަމާނީ ޑިޖިޓަލް ހިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯކްލަބް މުޅިން ހިލޭ ބަލާލުމުގެ ފުރުސަތު
.jpg&w=3840&q=75)
ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އަދި އިތުރު އޮފަރތައް




