logoEN
WAMCO TOP 1
މިނިވަން ދުވަހުގެ މުނާސަބާގައި މިރޭ  ހަވާ އަރުވާނެ

މިނިވަން ދުވަހުގެ މުނާސަބާގައި މިރޭ ހަވާ އަރުވާނެ

# ހަވާ އެރުވުން# މިނިވަން ދުވަސް# ދިވެހި އަސްކަރިއްޔާ

ހަވާ އަރުވަނީ

މިނިވަން ދުވަހުގެ މުނާސަބާގައި މިރޭ ހަވާ އަރުވާނެކަމަށް ޤައުމީ ދިފާޢީ ބާރުން ބުނެފިއެވެ.

THE TRAVELLER AD

އެ އިދާރާ އިން ބުނީ ރާއްޖޭގެ 61 ވަނަ މުނާސަބާގައި މިރޭ މާލޭގެ އުތުރު ފަރާތުން ހަވާ އަރުވާނެ ކަމަށެވެ.

މިރޭގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ނިންމާލުމަށް ފަހު ހަވާ އެރުވުމަށް ހަމެޖެހިފައިވަނީ 22:15 ގައެވެ. މާލެ އުތުރު ފަރާތު 1 ނަންބަރު ފާލަމާ ދިމާ ބޭރުން މޫދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު، ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓަށް ކަމަށް ޤައުމީ ދިފާޢީ ބާރުން ބުނެއެވެ.

މީގެއިތުރުން ހެވިކަމާއި ކުޅިވަރު ހަރަކާތްތައްވެސް ޖުމްހޫރީ މައިދާނުގައި މިރޭ ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު އަދި ސަރުކާރައި އިސްވެރިން ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިން، ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ހިންގާލުމާއި ސްކޫލު ކުދިންގެ ޕެރޭޑްވެސް ކުރިއަށްދާނެއެވެ. އަސްކަރީ ހިންގާލުން އަދި ޕެރޭޑް މާލޭގެ އެކި ސަރަހައްދުތަކަށް މަޑު ކުރާނެއެވެ. މި ދެ ހަރަކާތްވެސް ފަށާނީ ޖުމްހޫރީ މައިދާނުންނެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވަނީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޢަމީރު، ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އެވެ.

އަސްކަރީ ހިނގާލުން މަޑުކުރާ ސަރަހައްދުތައް

1. އާޓިފިޝަލް ބީޗް (މަޖީދީ މަގު ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު)2. ކުޑަކުދިންގެ ބާގީޗާ ކުރިމަތި (އަމީނީ މަގު ކަލާފާނު ހިނގުން ގުޅޭ ސަރަހައްދު)3. ގަލޮޅު ޕޮލިސް ކުރިމަތި (އަމީނީ މަގު ނިކަގަސް ހިނގުން ގުޅޭ ސަރަހައްދު)4. ކަޅުތުއްކަލާކޮށި (ހުޅަނގު އުތުރު ކަންމަތި، ބޭންޑް އޮންނާނީ އިއްޒުއްދީން މަގުގައި)

ސްކޫލު ކުދިންގެ ޕެރޭޑް މަޑުކުރާ ސަރަހައްދުތައް

1. މާގިރި ހޮޓެލް2. ލެ ސޫކް ރެސްޓޯރެންޓް3. ކުޑަކުދިންގެ ބަގީޗާ4. ގާކޮށި ފްލެޓް5. ގަލޮޅު ޕޮލިސް

ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ ހަރަކާތުގައި ދިވެހި އަސްކަރީއްޔާގެ ހެވިކަމުގެ ކުޅިވަރުތައް ދައްކާލުމުގެ އިތުރުން ސްކޫލު ކުދިންގެ އައިޓަމްތަކާއި ގައި ސަޤާފީ ހަރަކާތްތައް ކުރިއަށްދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC