logoEN
WAMCO TOP 1
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުން މުހިންމު: މެޑަމް ސާޖިދާ

މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުން މުހިންމު: މެޑަމް ސާޖިދާ

# މެޑަމް ސާޖިދާ މުޙައްމަދު# މިނިވަން ދުވަސް

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު

މިނިވަންކަން ދެމެހެއްޓުމަށް ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައްޔިތުންްނަށް ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.އެ މެސެޖުގައި ވިދާޅުވީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ލިބިފައި ވަނީ މާޒީގައި ކާބަފައިން ކުރެއްވި މަތިވެރި ޤުރުބާނީތަކެއްގެ ސަބަބުން ކަމަށެވެ. އަދި މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށްޓަކައި ކާބަފައިންވީ ޤުރުބާނީގެ ހަގީގަތްތައް ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން ކަމަށެވެ.

މީގެއިތުރުން މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ ކޮންމެ ހުރަހެއް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމަކީވެސް ވާޖިބެއް ކަމަށް ވިދާޅުވިއެވެ. އަދި އިލްމާއި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމަކީވެސް މުހިންމު ކަމެއް ކަމަށާއި މި މަސައްކަތުގައި މާތް ﷲ ކާމިޔާބީ ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުންދަނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮމެންޓް
ފަހުގެ
HDC