logoEN
WAMCO TOP 1
މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް: ހުކުރު ޚުޠުބާ

މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް: ހުކުރު ޚުޠުބާ

# ޚުޠުބާ

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކުރި ---

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.

THE TRAVELLER AD

10 صَفَر 1448 (24 ޖުލައި 2026) ވީ ހުކުރު ދުވަހުގެ ޚުޠުބާ ބިނާކޮށްފައިވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށެވެ. ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ މީހަކީ ވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ކަންކަމާ މެދު ޒިންމާވާންޖެހޭނެ ބެލެހެއްޓުންތެރިއެކެވެ.

ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅަކާ ޙަވާލާދީ ޚުޠުބާގައި ވިދާޅުވީ، ވެރިންނާއި، ފިރިހެނުންނާއި، އަންހެނުން އަދި މުވައްޒަފުންނަކީ ވެސް އެމީހަކާ ޙަވާލުވެފައިވާ މަސްއޫލިއްޔަތުތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުވެވޭނެ ބައެއް ކަމަށެވެ.

ވަކީން ޚާއްޞަ ގޮތެއްގައި، އެކި ފެންވަރުގެ ޒިންމާތަކާ ޙަވާލުވެތިބި މީހުން، އެމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާ އަދާކުރި ގޮތާ މެދު މާތް ﷲ ގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

"އެ ދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރީންނެއްވިޔަސް، މަންފާއެއް ނުކުރާނޭ ދުވަހެވެ."

އިސްލާމީ މުޖުތަމަޢެއްގެ ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ޢަދުލުއިންޞާފުގެ މައްޗަށްކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެއް ކަމަށެވެ. މިސާލެއްގެ ގޮތުން، މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވި ކަމުގައި ވިޔަސް ޙައްދު ޤާއިމުކުރައްވާނެ ކަމަށް ރަސޫލުﷲ ﷺ ޙަދީޘްކުރެއްވި ބަސްފުޅު ޚުޠުބާގައި ހިމަނާފައިވެއެވެ.

ކޮންމެ މީހަކު އަދާކުރާ ވަޒީފާއަކީ އަމާނާތެއް ކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިވެ އިޚުލާޞްތެރިވާން ޖެހޭނެ ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ފުރިހަމަ މުސްލިމަކީ އަމިއްލަ ފައިދާއަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހާ ކަމުގައި ވެސް ވިދާޅުވިއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވުމަކީ މުއުމިނުންގެ ސިފައެއްކަން ހަނދާންކޮށްދީ، މުޖުތަމަޢުގެ ބަދަހިކަން ދެމެހެއްޓުމަށްޓަކައި އެންމެހައި ފަރުދުން ޒިންމާދާރުވުމަށް ގޮވާލާފައެވެ.

ކޮމެންޓް
ފަހުގެ
HDC