
ނަމާދަކީ ހިތަށް ހަމަޖެހުން ލިބި، ކަންބޮޑުވުމާއި ހާސްވުންމުސް ސަލާމަތްކޮށްދޭ އަޅުކަމެއް - ޚުޠުބާ
# ޚުޠުބާkandhuhulhudhoo places1377
ނަމާދަކީ އިސްލާމްދީން އެ އެއްޗެއްގެ މައްޗަށް ބިނާވެގެންވާ ދީނުގެ ތަނބު ކަމަށާއި، އަޅާއާއި، ކާފިރުކަމާ ދެމެދުގައިވާ ހުރަސްް ކަމުގައި މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.

ނަމާދު ޤާއިމުކޮށްފި މީހާ ދީން ޤާއިމުކޮށްފިއެވެ. އެއީ ރެއާއި ދުވާލު ފަސް ފަހަރު ތަކުރާރުވާގޮތަށް ފަރުޟު ކުރެވިފައިވާ އަޅުކަމެއްް ކަމަށާއި، ފަރުޟު ފަސްނަމާދާ ބެހޭގޮތުން ވާރިދުވެގެން އައިސްފައިވާ އަޘަރުތައް ގިނަ މީހުންްނަށް ނޭނގޭ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. އަދި ނަމާދުގެ ޤަދަރާއި، ޙުކުމްތަކާއި، ޙިކުމަތްތަކާއި ނަމާދަށް ދޭންޖެހޭ ސަމާލުކަމާމެދު ގިނަ މީހުން ޣާފިލުވެފައިވާ ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.
ނަމާދަކީ އޭގެ ސަބަބުން އަހަރެމެންގެ ފާފަތައް މާތް ﷲ ފުއްސަވައިދެއްވާނޭ ކަމެކެވެ. އޭގެ މިސާލެއްގެ ގޮތުން ކީރިތި ރަސޫލާގެ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގޭގެ ދޮރުމަތީގައި، ސާފު ފެންގަނޑެއް އޮވެފައި، އެއިން ކޮންމެ ދުވަހަކު ފަސް ފަހަރު ފެންވަރާ ކަމުގައިވާނަމަ، އެމީހެއްގެ ހަށިގަނޑުގައި އެއްވެސް ކަހަލަ މިލައެއް ހުންނާނެހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް މިލައެއް ނުހުންނާނެއެވެ.
ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ފަހެ އެއީ ފަރުޟު ފަސް ނަމާދުގެ މިސާލެވެ. އޭގެ ސަބަބުން މާތް ﷲ ފާފަތައް ފުއްސަވައި ދެއްވައެވެ".
ނަމާދަކީ ހިތަށް ހަމަޖެހުން ލިބޭ އަޅުކަމެކެވެ. ކަންބޮޑުވުމާއި ހާސްވުންފަދަ ކަންކަމުން ސަލާމަތްކޮށްދޭ އަޅުކަމެކެވެ. އެހެންްކަމުން ކީރިތި ރަސޫލާ ކަންބޮޑުވެ ވަޑައިގަންނަވާ ކޮންމެ ފަހަރެއްގައިމެ، ނަމާދު ކުރެއްވުމަށް އަވަސްވެވަޑައިގަންނަވާ ކަމުގައި ވާރިދުވެފައިވެއެވެ. އަދި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނުގެ ލޯފުޅުގެ ފިނިކަންކަމުގައި ނަމާދު ލެއްވިގެން ވެއެވެ."
ނަމާދަކީ އަޅާއާއި، އޭނާ ހައްދަވައި ގެންގުޅުއްވާ އިލާހާ ދެމެދުގައިވާ ގުޅުމުގެ ރަމްޒެވެ. ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރުމަށް މުޢުމިނުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ.
ފަރުޟު ފަސް ނަމާދަކީ، ރަށުގައި ޤާއިމުވެ ހުންނަ މީހާގެ މައްޗަށާއި، ދަތުރުވެރިޔާގެ މައްޗަށާއި، ބަލިމަޑުކަމުގައިވާ މީހާގެ މައްޗަށްވެސް ފަރުޟު ކުރައްްވާފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ޙާލަތުގައްޔާއި، ބިރުވެރިކަމުގެ ޙާލަތްތަކުގައިވެސް ނަމާދު ކުރުމަށް އަންގަވާފައިވެއެވެ. އަދި ބަލިމަޑުކަމުގެ ޙާލަތުގައިވެސް ނަމާދު އަޅައިގެން ނުވާނެއެވެ.
ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށްވެސްް ނަމާދު އެޅުމެއް ނުވެއެވެ. އެހެން ނަމަވެސް މިއަދު މިފެންނަނީ އެއާ ޚިލާފު މަންޒަރު ކަމަށާއި، ބައެއް މީހުން ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާތަން ކަމަށް ޚުޠުބާގައި ބަޔާންކޮށްްފައިވެއެވެ. އަދި އެފަދަ މީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށް ކަމަށާއި، ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެނަމާދުތައް ޤަޟާ ކުރުމުގެ ނިޔަތުގައެވެ. އަދި އެބަލީގައި އެމީހާ މަރުވެއްޖެ ނަމަ، އެއީ އޭނާ ނަމާދު އެޅުމަށް އޮތް އުޒުރެއް ކަމަށް ދެކިގެންނެވެ.
އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށާއި، އެގޮތަށް ޤަޟާ ކުރުމަށް ނިޔަތްގަނެގެނންވެސް ނަމާދު އެޅުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށް މިއަދުގެ ޚުޠުބާގައި ބަޔާންކޮށްްފައިވެއެވެ.
ގުޅުންހުރި

ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ ކަންތައްތަކަށް މަސްއޫލުވާން ޖެހޭ މީހެއް - ޚުޠުބާ

ނަމާދަކީ ހިތަށް ހަމަޖެހުން ލިބި، ކަންބޮޑުވުމާއި ހާސްވުމުން ސަލާމަތްކޮށްދޭ އަޅުކަމެއް - ޚުޠުބާ

އަހަރެމެންނަކީ ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައިޖެހި އާޚިރަތް ހަނދުމަނެތިކުރާ ބަޔަކަށް ވެގެން ނުވާނެ - ޚުޠުބާ
