logoEN
WAMCO TOP 1
ކާށިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއާއި ހަވާލުކޮށްފި

ކާށިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/28/2025, 8:34:47 AM

# ކ. ކާށިދޫ

-

ކ ކާށިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއި ހަވާލުކޮށްފި އެވެ.

THE TRAVELLER AD

މި މަޝްރޫއުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ކ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކާށިދޫއަށް ވަޑައިގެންް ރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

އެގޮތުން މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގެ ބައެއް މަގުތައް ޒަމާނީ ފެންވަރަށް ތާރު ނުވަތަ ގައު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް
ފަހުގެ
HDC