logoEN
WAMCO TOP 1
މާވަށު އިންޖީނުގޭގެ 500 ކޭވީގެ އިންޖީނު އޯވާހޯލް ކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފި

މާވަށު އިންޖީނުގޭގެ 500 ކޭވީގެ އިންޖީނު އޯވާހޯލް ކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފި

އަހުމަދު ޝުރާއު

logo

7/14/2026, 8:45:45 AM

# ފެނަކަ ކޯޕަރޭޝަން

-

ލ. މާވަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ ރަށު އިންޖީނުގޭގައި ހުރި 500 ކިލޯވޮޓްގެ އިންޖީނު އޯވާހޯލް ކުރުމުގެ މަސައްކަތްތަކެއް ފަށައިފިއެވެ.

THE TRAVELLER AD

ފެނަކަ ކޯޕަރޭޝަނުން ބުނީ، މި މަސައްކަތަކީ ރަށުގެ އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށާއި، އިންޖީނަށް ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ މަރާމާތުގެ މަސައްކަތެކެވެ.

މި އިންޖީނު އޯވާހޯލް ކުރުމުގެ މަސައްކަތް ނިމުމުން އިންޖީނުގެ އުމުރު ދިގުވެ، އޭގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.

އަދި މީގެ ސަބަބުން މާވަށަށް ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބި، މެދުކެނޑުމެއްނެތި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ފަހުގެ
HDC