logoEN
WAMCO TOP 1
ހިންމަފުށީގައި މާރާމާރީ ހިންގައިގެން 2 ބިދޭސީން ހައްޔަރުކޮށްފި

# ދިވެހި ފުލުހުންގެ ޚިދުމަތް# މާރާމާރީ# ކ. ހިންމަފުށި

ފޮޓޯ: ސޯޝަލް މީޑިއާ

ކ. ހިންމަފުށީގައި މާރާމާރީ ހިންގައިގެން 2 ބިދޭސީން ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

ފުލުހުން ބުނީ ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާކަމުގެ މައުލޫމާތު 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ 2 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 2 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގެ ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލުކޮށް ބަލަންޖެހޭކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބަލާފައި ކަމަށް ވސް ބުނެއެވެ.

ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް މި ޚިދުމަތުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނަށް ވާނީ ހުށަހަޅާފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ފަހުގެ
HDC