
ޑިޖިޓަލް ފޯ އޯލް ކެމްޕެއިން އިފްތިތާހްކުރުން- ފޮޓޯ: މައިންޑްކޯ
ނޭޝަނަލް ޑިޖިޓަލް އޭއައި ލިޓަރޭސީ އިތުރުކުރުމަށް ކުރިއަށްގެންދިއުމުގެ ގޮތުން "ޑިޖިޓަލް ފޯ އޯލް" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް އިފްތިތާހްކޮށްފި އެވެ.

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ ތައުލީމާއި މަތީ ތައުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އެވެ.
ވަޒީރުގެ އިތުރުން މި ކެމްޕެއިން އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނާއި، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފުވެސް ބައިވެރިވަޑައިގެންނެވި އެވެ.
3 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްޕެއިނުގައި ފިއުޗާ އިންސްޓިޓިއުޓުން އޮޕަރޭޝަނަލައިޒް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނީ މައިންޑްކޯއިންނެވެ.
މި ކެމްޕެއިނަކީ ރާއްޖެ ޑިޖިޓަލައިޒޭޝަންއާ ދިމާލަށް ކުރާ ދަތުރުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރިއަށްގެންދާކަމަކެވެ. އަދި މުޅި ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތަކާއި ޓެކްނޮލޮޖީތައް ފުޅާވަމުންދާއިރު، ހަމައެކަނި އެކްސެސް ލިބުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ ޑިޖިޓަލް ވަސީލަތްތައް ފައިދާހުރި ގޮތެއްގައި ބޭނުން ކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި އިތުބާރު ގާއިމްކޮށްދޭނެ އެވެ.
މި ކެމްޕެއިންގެ އަމާޒަކީ ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ސަބަބުން ލިބޭ ފުރުސަތުތަކުގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ލިބޭނެކަން ކަށަވަރުކުރުމުވެ. އަދި މުޅި ރާއްޖޭގައި މި ކެމްޕެއިން ކުރިއަށްގެންދާއިރު، ކޮންމެ އަހަރަކުވެސް 75،000 މީހުން ނުވަތަ 3 އަހަރު ދުވަހުގެ ތެރޭގައި 225،000 މީހުންނަށް އަމާޒު ކުރެ އެވެ. އަދި މި ކެމްޕެއިން ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ހާއްސަވެ އެވެ.
މައިންޑްކޯއިން ވިދާޅުވީ މި ކެމްޕެއިންގައި އެކި ދާއިރާތައް ހުންނާނެ ކަމަށާއި، ކެމްޕެއިންގައި ބައިވެރިވުމަށް އެސެސްމަންޓެއް ހަދަން ޖެހޭއިރު، މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ގައުމީ ފެންވަރުގެ ފްރޭމްވޯކެއް އެކުލަވާލާފަ އެވެ.މި ކެމްޕެއިން އަމަލީގޮތުން ފެށުމަށް ފުރަތަމަ ޓްރެއިނިން އޮފް ޓްރެއިނާސްގެ ތަމްރީންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއަށްފަހު ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި 6 އަތޮޅުގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފަ އެވެ. ރަށްތައް ފުރަތަމަ ކަނޑައަޅާނީ، އާބާދީ ބޮޑެތި ރަށްތައް ބެލުމަށްފަހުގަ އެވެ.
ގުޅުންހުރި

ޑިޖިޓަލް ފޯ އޯލް ކެމްޕެއިން އިފްތިތާހްކޮށްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖެހިގެން އުޅުމުގެ ފުރުސަތު ދިވެހި ފުލުހުން ނުދޭނެ!

ކަރެކްޝަނަށް ބޭނުންވާ ވަސީލަތްތައް މި ސަރުކާރުން ދަނީ ފަހިކޮށްދެމުން: އިހްސާން




