
ކަރެކްޝަނަށް ބޭނުންވާ ވަސީލަތްތައް މި ސަރުކާރުން ދަނީ ފަހިކޮށްދެމުން: އިހްސާން
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު-
މި ސަރުކާރުގެ މަސައްކަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތައް މިދަނީ ފަހިކޮށްދެއްވަމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 54 އަހަރު ފުރުމާ ގުޅިގެން ދެއްވި ވީޑިއޯ މެސެއްގައެވެ.
މި ވީޑިއޯ މެސެޖުގައި މިނިސްޓަރ ވަނީ މަސައްކަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާ ކުރުމުގެ މަސައްކަތްތައް މި ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވަނީ ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ފަންނީ ބޭފުޅުން ބިނާ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންކަން ފާހަގަކުރައްވާފައެވެ.
ކަރެކްޝަނަލް ސަރވިސް އަކީ ދައުލަތުގެ ވަރަށް މުހިންމު ޒިންމާއެއް އަދާކުރަމުންދާ މުއައްސަސާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ގައިދުކޮށްގެން ގެންގުޅޭ ފަރާތްތަކަށް ދޭންޖެހޭ ޚާއްސަ ފަރުވާތަކާއި އަދި އެ ފަރާތްތައް ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން މުޖުތަމަޢަށް އަނބުރާ ގެނައުމުގަ ކަރެކްޝަން އަދާކުރަނީ ޤައުމީ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރުގެ ވިޑިއޯ މެސެޖު ނިންމަވާލެއްވީ ކުރިއަށް އޮތް އަހަރަކީ ކަރެކްޝަނަލް ސަރވިސްއަށް މިހާރަށް ވުރެ ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ގުޅުންހުރި

ކަރެކްޝަނަށް ބޭނުންވާ ވަސީލަތްތައް މި ސަރުކާރުން ދަނީ ފަހިކޮށްދެމުން: އިހްސާން

ބައޯމެޓްރިކްސް އަދާހަމަނުކުރާ ފަރާތްތައް އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމުން ބްލޮކްކުރާނެ!

އިތުރު 4 ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިމަހު ފަށަނީ
