logoEN
WAMCO TOP 1
ފީފާ ވޯލްޑް ކަޕް ތަށި ސްޕެއިންއަށް ހޯދައިދިނީ ޝަކީރާ؟!

ފީފާ ވޯލްޑް ކަޕް ތަށި ސްޕެއިންއަށް ހޯދައިދިނީ ޝަކީރާ؟!

ސާރާ އަހުމަދު

logo

7/22/2026, 3:20:38 PM

# ވޯލްޑް ކަޕް 2026

--

ނިމުނު ދުނިޔޭގެ ފުޓްބޯޅައިގެ މައި މުބާރާތް ފީފާ ވޯލްޑްކަޕް 2026 ގެ ޗެމްޕިއަންކަން ސްޕެއިންއިން ހޯދުމާއެކު، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއަކީ ސްޕެއިންގެ "ނަސީބު" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރިން ދެކެވުނު ވާހަކަތައް އަނެއްކާވެސް މިވަނީ ފެންމަތިވެފައެވެ.

THE TRAVELLER AD

ސަބަބަކީ، މިއަހަރުގެ މުބާރާތާ ދިމާކޮށް ޝަކީރާ އައު ލަވައެއް ރިލީޒްކޮށްފައި ވުމެވެ.

ފޭނުން އަންނަނީ މިކަމާ ގުޅުވައިގެން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަނދާންތައް އާކުރަމުންނެވެ.

އެ އަހަރު ޝަކީރާގެ މަޝްހޫރު "ވައްކާ ވައްކާ" ރިލީޒްކޮށްފައިވަނިކޮށް ސްޕެއިންއިން ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އަދި މިއަހަރު ޝަކީރާގެ އައު ލަވައެއް ރިލީޒްކުރުމާއެކު ސްޕެއިންއަށް އަނެއްކާވެސް ތަށި ލިބުމުން، މިއީ ހަމަ ޝަކީރާގެ ނަސީބު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

2014 ވަނަ އަހަރު މިކަން މިގޮތަށް ދިމާނުވި ނަމަވެސް، މިއަހަރުގެ ކާމިޔާބީއާއެކު ފޭނުން ގަބޫލުކުރަނީ "ޝަކީރާ އިފެކްޓް" އަކީ ހަގީގަތެއް ކަމަށެވެ.

އަދި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަހަމުންދާ ސުވާލަކީ، ސްޕެއިން މުބާރާތް ކާމިޔާބުކުރީ ކުޅުންތެރިންގެ މޮޅުކަމުންތޯ ނުވަތަ ޝަކީރާގެ ލަވައިގެ ސަބަބުންތޯއެވެ.

ކޮމެންޓް
ފަހުގެ
HDC