
ވާލްޑް ކަޕް ފައިނަލްގައި މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބާގެ ތާރީޚީ ހުށަހެޅުމެއް!
# ވޯލްޑް ކަޕް 2026--
ޕޮޕް މިއުޒިކުގެ ބޮޑެތި ތަރިން ކަމަށްވާ މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބާ ވަނީ އެމެރިކާގެ 'ސުޕަބޯލް' އާ ވާދަކޮށްލެވޭ ފަދަ ވަރުގަދަ ހުށަހެޅުމަކާއެކު ވާލްޑް ކަޕް ފައިނަލް މެޗުގެ ހާފް-ޓައިމް ޝޯގައި އެތައް ހާސް ބެލުންތެރިންނެއް އަންތަރީސްކޮށްލާފައެވެ.

އޭނާގެ މަޝްހޫރު ލަވަ 'މިއުޒިކް' ހުށަހަޅައިދިން މެޑޯނާ ސްޓޭޖަށް އަރާފައިވަނީ ދަނޑުގެ އަޑީގައިވާ ޓަނަލްތަކުގެ ތެރެއިންނެވެ. އޭނާއާއެކު ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ ރޮނާލްޑޯ އާއި ރޮނާލްޑީނިއޯވެސް ވަނީ ދަނޑުމަތިން ފެނިގެންގޮސްފައެވެ.
މީގެ އިތުރުން ކޮލަމްބިއާގެ ޕޮޕް ތަރި ޝަކީރާ އާއި ނައިޖީރިއާގެ މިއުޒިކް ތަރި ބާނާ ބޯއި ވަނީ މިދިޔަ މަހު މެކްސިކޯ ސިޓީގައި ބޭއްވި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އަލުން އެއް ސްޓޭޖަކުން ފެނިގެންގޮސްފައެވެ. އަދި، ކޭ-ޕޮޕް ގްރޫޕް ބީޓީއެސް ގެ ހުށަހެޅުންވެސް މި ޝޯއިން ފެނުނެވެ.
މި މެޗު ބެލުމަށް ކައިލީ ޖެނާ އާއި އޭނާގެ ލޯބިވެރިޔާ ޓިމޯތީ ޗަލަމޭގެ އިތުރުން ބިޔޯންސޭ އާއި ޖޭ-ޒީ ފަދަ ގިނަ އަދަދެއްގެ ސެލެބްރިޓީން ވަނީ ދަނޑަށް ހާޒިރުވެފައެވެ.
މި ހުށަހެޅުންތައް ކުރިއަށްދިޔަ ހާފް-ޓައިމްގެ ދިގުމިނަކީ 27 މިނެޓާއި 22 ސިކުންތެވެ. މިއީ ވާލްޑް ކަޕްގެ ތާރީޚުގައިވެސް އެންމެ ދިގު ހާފް-ޓައިމްއެވެ.
މިހާ ދިގު މުއްދަތަކަށް ހާފް-ޓައިމް ދިގުކޮށްލުމުން ބައެއް މީހުންގެ ނުރުހުން އަމާޒުވިއެވެ. ސަބަބަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ ބޯޑު ގެ ގަވާއިދު ބުނާގޮތުން ކުޅުންތެރިންނަށް ހާފް-ޓައިމްގެ ގޮތުގައި ލިބެންޖެހޭނީ އެންމެ ދިގުވެގެންވެސް 15 މިނެޓުގެ މެދުކެނޑުމެއް ކަމަށް ވުމެވެ.
މީގެއިތުރުން، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޖެނިފާ ހަޑްސަން ވަނީ އެމެރިކާގެ ގައުމީ ސަލާމް ކިޔައިދީފައެވެ. އަދި މަޝްހޫރު އެކްޓަރު ޓޮމް ކުރޫޒް ވަނީ މެޗު ފެށުމުގެ ކުރިން ވާހަކަދައްކާފައެވެ.





