logoEN
WAMCO TOP 1
61 ވަނަ މިނިވަން ދުވަހާ ގުޅުވައި އެޗްޑީސީން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ!

61 ވަނަ މިނިވަން ދުވަހާ ގުޅުވައި އެޗްޑީސީން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ!

އަހުމަދު ޝުރާއު

logo

7/22/2026, 9:08:25 AM

# އެޗްޑީސީ

-

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އޮފިޝަން އިވެންޓްސް އަދި ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި "ސައްބީސްކާނިވަލް" ގެ ނަމުގައި ހާއްސަ ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

THE TRAVELLER AD

މި ކާނިވަލް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 24 އިން އަންނަ ޖުލައި 31 ގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އަށް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކާނިވަލްގެ ހަރަކާތްތައް ކޮންމެ ދުވަހެއްގެވެސް ހަވީރު 04:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާނެއެވެ.

ހުރިހާ އުމުރުފުރާއަކަށް ހާއްސަކޮށްގެން ބާއްވާ މި ކާނިވަލުގައި ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން، ކާނިވަލް ގޭމްސް، ހޮރޯރ ހައުސް، ޑިޖިޓަލް ގޭމިންގ އެރީނާ، ފުޑް ކިއޮސްކުތައް، ކުޑަކުދިންގެ ހާއްސަ އެރިއާ، އިންފްލޭޓަބަލްސްގެ އިތުރުން ލައިވް މިއުޒިކާއި ބޮޑުބެރުގެ ހުށަހެޅުންތައް ކާނިވަލުގެ އެކި ދުވަސްތަކުގައި ފެނިގެންދާނެއެވެ.

މިއީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކޮށް، ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ އެކި ހަރަކާތްތަކާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ކާނިވަލެކެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ގައުމީ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމެވެ.

ކޮމެންޓް
ފަހުގެ
HDC