logoEN
WAMCO TOP 1
އިތުރު ހަ ގައުމެއްގެ އައު ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

އިތުރު ހަ ގައުމެއްގެ އައު ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

އަހުމަދު ޝުރާއު

logo

7/22/2026, 8:26:05 AM

# ރައީސް މުއިއްޒު

-

ރާއްޖެއަށް ކަނޑައެޅުއްވި ހަ ގައުމެއްގެ އައު ސަފީރުންނާއި ހައިކޮމިޝަނަރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

THE TRAVELLER AD

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މި ރަސްމިއްޔާތުތަކަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

މިއަދު ފަތްކޮޅު އެރުއްވި ބޭފުޅުންގެ ތެރޭގައި ކޮސޯވޯއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު ލޫލްޒީމް ޕްލާނާއާއި، ފީޖީގެ އައު ހައި ކޮމިޝަނަރު ޖަގަންނާތު ސާމީގެ އިތުރުން ޤަޠަރުގެ އައު ސަފީރު ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ކިއުބާގެ އައު ނޮން-ރެސިޑެންޓް ސަފީރު ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާއާއި، ޑޮމިނިކަން ރިޕަބްލިކްގެ އައު ނޮން-ރެސިޑެންޓް ސަފީރު ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަރނާންޑޭޒް އަދި ނެމީބިއާގެ އައު ހައިކޮމިޝަނަރު އެލެކްސް އެލް. ޓުކުހުޕްވެލޭ ވަނީ ފަތްކޮޅު އަރުވާފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވައި، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި، އެކި ގައުމުތަކާއެކު ދެމެހެއްޓެވިފައިވާ ޒަމާންވީ ސިޔާސީ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ދެގައުމުގެ މަސްލަހަތު ހިމެނޭ ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިގޮތުން ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމާއި، ވިޔަފާރިއާއި އިންވެސްޓު ކުރުމުގެ އިތުރުން، ތިމާވެއްޓާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުން ސަފީރުންނާއެކު މަޝްވަރާކުރެވުނެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތްކޮށް، ދޭދޭ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދިއުމުގެ އަޒުމް ރައީސްއާއި ސަފީރުން ވަނީ އާކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC