
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި
# ވަޒީފާއާ ބެހޭ ޓްރައިބިއުނަލް# ރައީސް މުއިއްޒު# ރައީސް އޮފީސްވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަންކުރެއްވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރައީސް މުއިއްޒު ހަވާލުކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ޢައްޔަން ކުރައްވައިފި އެވެ.

އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ރައީސްކަމަށް އައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އަމްޖަދު މުޞްތަފާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް ހުވައި ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އަމްޖަދު މުޞްތަފާ ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދު ﷲ ޙަމީދެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުއިއްޒު ވަނީ އަމްޖަދު މުޞްތަފާއާ ހަވާލުކުރައްވާފަ އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް މިއަދު ޢައްޔަނު ކުރެއްވި އަމްޖަދު މުޞްޠަފާ ވަނީ 2020 ވަނަ އަހަރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފަ އެވެ. އަދި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފަ އެވެ.
މީގެއިތުރުން އަމްޖަދު މުޞްޠަފާ ގާނޫނީ ދާއިރާއިންނާއި އާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވާއިރު، އޭނާ ވަނީ ޝަރީޢާއިން ލޯ އިން ބެޗްލާސް ޑިގްރީއާއި، މާސްތާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފަ އެވެ.





