logoEN
WAMCO TOP 1
މާލީ ރިޕޯޓު ހުށަނާޅައިގެން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި

މާލީ ރިޕޯޓު ހުށަނާޅައިގެން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި

# އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ގަވާއިދާ އެއްގޮތަށް މާލީ ރިޕޯޓުތައް ހުށަހަޅާފައި ނުވާތީ ތިން ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅައިފިއެވެ.

THE TRAVELLER AD

މިކަމާ ގުޅޭގޮތުން އެ ކޮމިޝަނުގެ ތަރުޖަމާން ހަސަން ޒަކަރިއްޔާ ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގައި ބަޔާން ނުފޮނުވައިގެން ޖޫރިމަނާކުރީ އެމްޑީޕީ، އެމްއެންޕީ އަދި އަދާލަތު ޕާޓީ ކަމަށެވެ.

މީގެ ތެރެއިން އަދާލަތު ޕާޓީއާއި އެމްއެންޕީން މާލީ ބަޔާން އެއްވެސް ވަރަކަށް ހުށަހަޅާފައި ނުވާއިރު، އެމްޑީޕީން ބަޔާން ހުށަހެޅީ ސުންގަޑި ހަމަވިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ސިޔާސީ ޕާޓީތަކުން އަހަރުގެ ފުރަތަމަ 90 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަން ޖެހޭއިރު، މިއަހަރުގެ އެ މުއްދަތު ހަމަވީ މޭ މަހުގެ 20 ވަނަ ދުވަހަށެވެ. މި އުސޫލާ ހިލާފުވި ކޮންމެ ޕާޓީއެއް 50,000 ރުފިޔާއިން ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ނިމިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުތައް ހުށަހެޅުމަށް ދިން މުއްދަތުގައި ބަޔާން ހުށަހަޅާފައިވަނީ ޕީއެންސީ، ޖޭޕީ އަދި އެމްޑީއޭ އިންނެވެ.

ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު 14.1 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން 13.3 މިލިއަން ރުފިޔާއަކީ އީސީން ދޫކުރި ފައިސާއެވެ. އަދި އަމިއްލަ އެހީގެ ގޮތުގައި އެ ޕާޓީއަށް ލިބިފައިވަނީ 842,000 ރުފިޔާއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެމްޑީޕީއާއި ޕީއެންސީންނެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނު 9.5 މިލިއަން ރުފިޔާގެ ތެރެއިން 8.4 މިލިއަނަކީ ދައުލަތުން ދިން ފައިސާއެވެ. މީގެ އިތުރުން އެހީގެ ގޮތުގައި އެ ޕާޓީއަށް މިލިއަނެއްހާ ރުފިޔާ ލިބިފައިވާއިރު، ކުންފުނިތަކުން އެހީގެ ގޮތުގައި ދީފައިވަނީ 57,095 ރުފިޔާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ފަހުގެ
HDC