logoEN
WAMCO TOP 1
މާލޭގައި އުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ކައުންސިލްތަކަށް ހިލޭ ޖާގަ ދޭން ނިންމައިފި

މާލޭގައި އުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ކައުންސިލްތަކަށް ހިލޭ ޖާގަ ދޭން ނިންމައިފި

# މާލެ ސީޓީ މޭޔަރު# މާލެ ސިޓީ# މާލެ ސިޓީ ކައުންސިލް

ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީގައި ދިރިއުޅޭ، އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ހާލަތްތަކުގައި، މާލެ ސިޓީ ކައުންސިލުން، އެއްވެސް އަގަކާ ނުލައި، ޖާގަ ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

THE TRAVELLER AD

މި ގޮތަށް ނިންމާފައިވަނީ 22 ޖުލައި 2026 ވީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 9 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.

މި ހުށަހެޅުން ހުށަހަޅުއްވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު މާލެ ސިޓީގައި އުޅޭތީ، އެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށް މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކުން ބައްދަލުވުންތައް ބާއްވާއިރު، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސްތަންތަން ހަމަޖައްސައިދިނުމުގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ވެސް ހަމަޖައްސައިދިނުމަކީ، މާލެ ސިޓީއަކީ މެހެމާންދާރީއަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޟެވެ.

މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ރިޟްވާން ޢަލީ ވިދާޅުވީ، މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި މާލޭގައި ގިނަ ޢަދަދެއްގެ ރަށްރަށުގެ ރައްޔިތުން ދިރިއުޅޭތީ މިއީ އެ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ހަލީމް ވިދާޅުވީ، މި ކަން ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި މުހިންމު ނިންމުން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހައި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި ނިންމުމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރަށް މާލެސިޓީގައި އުޅޭ ރައްޔިތުންނާ، ކައުންސިލްތަކުން ގުޅުން ބަދަހިކޮށް މުޢާމަލާތް ކުރުމަށް ފަސޭހަވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC