logoEN
WAMCO TOP 1
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުން އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ކުށްވެރިކޮށްފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުން އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ކުށްވެރިކޮށްފި

# އދ.# ޔަހޫދީ އިސްރާއީލް

އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތައް ފަހަކަށް އައިސް ވަރުގަދަކޮށްފައިވާތީ، އެކަން އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

THE TRAVELLER AD

މި ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުން ޝަހީދުވަމުންދާކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އދ. ގެ ހިއުމަން ރައިޓްސް އޮފީހުގެ ރެކޯޑުތަކުން ދައްކާގޮތުގައި، ޖުލައި 13 އާއި 20 އާ ދެމެދު އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 57 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ އޮފީހުން ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަރުޖަމާނު ތަމީން އަލް-ޚީތާން ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އިސްރާއީލު ސިފައިން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށް، ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށް އަދި ޒަހަމްކޮށްލާފައިވާ ކަމަށެވެ. "ހަނގުރާމަ ހުއްޓާލުމަށް ގޮވާލިތާ ނުވަ މަސް ފާއިތުވެގެން ދިޔައިރުވެސް، ޣައްޒާގައި ފަލަސްތީނު މީހުންނަށް ރައްކާތެރި އެއްވެސް ތަނެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ޚީތާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މުއްދަތުގައި ޝަހީދުވި މީހުންގެ ތެރެއިން 34 މީހުން ޝަހީދުކޮށްލާފައިވަނީ އިސްރާއީލުން ކަނޑައަޅާފައިވާ 'ޔެލޯ ލައިން' އާ މާ ދުރުގައި ތިއްބައެވެ.

އެ ރޮނގަކީ މެދުނުކެނޑި ބަދަލުކުރަމުންދާ އެއްޗެއް ކަމަށާއި، މިއީ އާންމުންގެ ފުރާނައަށް އޮތް ދާއިމީ ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އދ. އިން ބުނި ގޮތުގައި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފަށް، ވަކި ސަރަހައްދެއްގައި ހުރި ކަމަށްޓަކައި އެކަނިވެސް އިސްރާއީލު ސިފައިން އާންމު ފަލަސްތީނު މީހުންނަށް ބަޑީގެ ހަމަލާދެމުންދެއެވެ. މިފަދަ އަމަލުތަކަކީ ހަނގުރާމައިގެ ކުށްތަކާއި ލާއިންސާނީ ޖަރީމާތަކުގެ ކަންބޮޑުވުން އުފެދޭ ކަންތައްތަކެއް ކަމަށްވެސް އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ފަހުގެ
HDC