
އައްޑޫ އާއި ފުވައްމުލަކު ނޭޗަރ ޕާކު އިތުރަށް ތަރައްގީކުރަނީ
# އައްޑޫ ސިޓީ# ނޭޗަރ ޕާކް# ފުވައްމުލައް ސިޓީ-
އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.

އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުތައް މަރާމާތުކޮށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން، ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
މި ހަފުތާގައި ކުރިއަށްދިޔަ މި ތަމްރީނުތަކުގައި އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ މުވައްޒަފުންނާއި، ދެ ސިޓީގެ ކައުންސިލްތަކާއި، ކޮންޓްރެކްޓަރުންގެ އިތުރުން މި މަޝްރޫއުގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި ތަމްރީނަކީ މި މަޝްރޫއު ކުރިއަށްދާއިރު ތިމާވެށްޓާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، މަސައްކަތުގެ ތެރޭގައި ދިމާވާ މައްސަލަތައް ބަލައިގަނެ ހައްލުކުރާނެ ނިޒާމު ހަރުދަނާކުރުމަށް ބޭއްވުނު ތަމްރީނެކެވެ.
ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް، ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއާ ސަރުކާރުގެ އައުސްއެއިޑް ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން، ދެ ނޭޗަރ ޕާކުގެ ވަސީލަތްތައް އިތުރަށް ފުރިހަމަވެ، ހިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެއެވެ.
ގުޅުންހުރި

އައްޑޫ އާއި ފުވައްމުލަކު ނޭޗަރ ޕާކު އިތުރަށް ތަރައްގީކުރަނީ

ރާއްޖޭގައި މިޔަރުގެ ދިރާސާތައްކުރާ ފުރަތަމަ ހަބު ފުވައްމުލަކު ސިޓީގައި ހުޅުވައިފި

އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި




