logoEN
WAMCO TOP 1
ބޭންކަށް ލިބޭ ކުރިއެރުން އިންވެސްޓް ކުރަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ދޭން: ބީއެމްއެލް ސީއީއޯ

ބޭންކަށް ލިބޭ ކުރިއެރުން އިންވެސްޓް ކުރަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ދޭން: ބީއެމްއެލް ސީއީއޯ

އަހުމަދު ޝުރާއު

logo

7/15/2026, 7:48:20 AM

# ބޭންކް އޮފް މޯލްޑިވްސް

-

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ މާލީ ކުރިއެރުމާއި ކާމިޔާބީތައް އިންވެސްޓް ކުރަމުންދަނީ ދިވެހި މުޖުތަމައުތަކަށް ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ރާއްޖޭގެ 7 ރަށެއްގައި ބީއެމްއެލްގެ އައު ބްރާންޗުތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ ބޭންކުގެ ވިއުގައަށް އިތުރަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވާ ކަމަށެވެ.

"މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ،" ސީއީއޯ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސްއިން މިހާރު 20 އަތޮޅުގައި 55 ބްރާންޗާއި، 340 އޭޓީއެމް ގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތަކާއެކު ރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ ވިއުގަ ދަނީ ހިންގަމުންނެވެ.

ސީއީއޯގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ތަނުގައިވެސް އައު އީޖާދުތަކާއި ޚިދުމަތްތައް ފުޅާކުރުމުގެ ޒަރީއާއިން ރަށްތަކުގެ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC