logoEN
WAMCO TOP 1
ބަނގުރަލާއި ފައިސާއާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރަލާއި ފައިސާއާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

# ހުޅުމާލެ# ދިވެހި ފުލުހުންގެ ޙިދުމަތް# ބަނގުރާ

ފޮޓޯ: ޕޮލިސް

ހުޅުމާލެ ފޭސް 1 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ފައިސާއާއެކު ބަންގްލަދޭޝްގެ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

THE TRAVELLER AD

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ކައުސަރު ހުސައިން (31އ) އެވެ.

މި ހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ 11:55 ހާއިރު ހިންގި މި އޮޕަރޭޝަނަކީ، މީހަކު ސައިކަލެއްގައި ބަނގުރާ ހިފައިގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައުލޫމާތު ލިބުމާއެކު، ހުޅުމާލެ ޕޮލިހުން ވަނީ މިދިލިމަގުން އެ ސައިކަލު ހުއްޓުވައި، އެމީހާ ބަލައި ފާސްކޮށްފައެވެ.

ފުލުހުން އެމީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާގެ އަތުން ތަފާތު ބްރޭންޑްތަކުގެ ޖުމްލަ 14 ފުޅި ބަނގުރާ ފެނިފައިވެއެވެ. މީގެ އިތުރުން، އޭނާގެ އަތުން ދިވެހި ރުފިޔާގެ 31,375/- (ތިރީސް އެއްހާސް ތިންސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އާއި ލަންކާގެ 1,050 ރުޕީސް ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC