
1677 ހެލްޕްލައިން ހުއްޓުމަކަށް: ނަފްސާނީ ކުއްލި އެހީއަށް ވަގުތީގޮތުން 911 އަށް ގުޅުމަށް އެދެފި
# މެންޓަލް ހެލްތް-
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ފޯރުކޮށްދޭ ޤައުމީ ނަފްސާނީ ހެލްޕްލައިން (1677) ގެ ޚިދުމަތް ޓެކްނިކަލް މައްސަލައަކާ ހުރެ ވަގުތީގޮތުން މެދުކެނޑިއްޖެއެވެ.

އެ ޑިޕާޓްމަންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން މިވަގުތު ހެލްޕްލައިން މެދުވެރިކޮށް ކޯލްތަކަށް ޖަވާބުނުދެވޭ ކަމަށާއި، މައްސަލަ އަވަސް ހައްލެއް ހޯދައި ޚިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޚިދުމަތް މެދުކެނޑިފައިވާ މުއްދަތުގައި، ނަފްސާނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ނުވަތަ އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހަކަށް ގެއްލުމެއް ލިބިދާނެ ފަދަ ނުރައްކާތެރި ހާލަތްތަކުގައި، އިމަރޖެންސީ ނަންބަރު 911 އަށް ގުޅައިގެން އަވަސް އެހީތެރިކަން ހޯދުމަށް އެ ދާއިރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދިމާވި މި މައްސަލައައިގެ ސަބަބުން އާންމުންނަށް ދިމާވާނެ ދަތިތަކަށްޓަކައި އެ ޑިޕާޓްމަންޓުން ވަނީ މާފަށް އެދިފައެވެ.
ހެލްޕްލައިންގެ ޚިދުމަތް އަލުން ފެށުމާއެކު، މެދުކެނޑިފައިވާ ވަގުތު އެހީއަށް އެދިފައިވާ ފަރާތްތަކަށް ހާލަތަށް ބަލައި ގުޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
1677 ހެލްޕްލައިނަކީ 2024 ފެބްރުއަރީ 21 ގައި ރާއްޖޭގައި މުޅިން އަލަށް ފެށި 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތެކެވެ.
ގުޅުންހުރި

1677 ހެލްޕްލައިން ހުއްޓުމަކަށް: ނަފްސާނީ ކުއްލި އެހީއަށް ވަގުތީގޮތުން 911 އަށް ގުޅުމަށް އެދެފި

މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމް ފުވައްމުލަކު ހޮސްޕިޓަލުގައި ފަށައިފި

ރަށު ލެވެލްގައި ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށް މެޑިކަލް އޮފިސަރުން ތަމްރީން ކުރަނީ




