logoEN
WAMCO TOP 1
މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމް ފުވައްމުލަކު ހޮސްޕިޓަލުގައި ފަށައިފި

މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމް ފުވައްމުލަކު ހޮސްޕިޓަލުގައި ފަށައިފި

އަހުމަދު ޝުރާއު

logo

9/14/2025, 12:55:02 PM

# މެންޓަލް ހެލްތް

-

މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމް ފުވައްމުލަކުގައި ފަށައިފި އެވެ.

THE TRAVELLER AD

ފުވައްމުލަކު ހޮސްޕިޓަލުގައި ފެށި މި ތަމްރީން ޕްރޮގްރާމުގައި ދާއިރާއާ ގުޅޭ ތަޖުރިބާކާރުންގެ އެހީއާއެކު، ނަފްސާނީ އުނދަގޫތަކާއި އަދި ބަލި ހުންނަ ފަރާތްތަކާއި އެކު މަސައްކަތްކުރުމުގައި ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ދުރާލާ ދެނެގަތުމާއި، ބަލި މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި އެފަރާތްތަކާއި އެކު މަސައްކަތްކުރުމުގައި ބޭނުންވާނެ މަޢުލޫމާތާއި ހުނަރު، މި ޕްރޮގްރާމުގެ ބައިވެރިންނަށް ދަސްވެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެ ފަދަ ނަފްސާނީ ފަރުވާ ދިނުމުގެ ވަސީލަތްތައް މަދުވުމުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލަމުން ދާ ގައުމުތަކުގައި ގުޅުން ހުރި ޚިދުމަތް ފޯރުކޮށްދެމުންދާ ސްޕެޝަލިސްޓް ނޫން ޚިދުމަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްގެން ނަފްސާނީ ބަލީގެ ފަރުވާ ދިނުމުގައި ހުރި ފަރަގު ކުޑަކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުގެ އެހީތެރިކަމާއެކު ކުރިއަށްދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އައްޑޫ ސިޓީގައިވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ފަހުގެ
HDC