logoEN
WAMCO TOP 1
"ޔަންގު މެތަމެޓިކަލް ސްޓޯރީ އޯތަރ ކޮންޕެޓިޝަން" ގައި ހުރިހާ އުމުރުފުރާއަކުން ރާއްޖެއަށް އެއްވަނަ!

"ޔަންގު މެތަމެޓިކަލް ސްޓޯރީ އޯތަރ ކޮންޕެޓިޝަން" ގައި ހުރިހާ އުމުރުފުރާއަކުން ރާއްޖެއަށް އެއްވަނަ!

އަހުމަދު ޝުރާއު

logo

6/4/2026, 11:44:02 AM

# އެޑިއުކޭޝަން މިނިސްޓްރީ

-

ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ "ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026" (ވައި.އެމް.އެސް.އޭ) މުބާރާތުން ދިވެހި ދަރިވަރުން މުޅި ދުނިޔެ ސައްސާލައި، ތާރީޚީ ރަން ވަނަތަކެއް ޙާޞިލުކޮށްފިއެވެ.

THE TRAVELLER AD

މެކްސްތްރޫސްޓޯރީސް ޑޮޓް އޯގް އިން އިންތިޒާމުކުރި މި މުބާރާތް ބޭއްވި ތިން އުމުރުފުރާ ކަމަށްވާ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ ބައިންވެސް ދުނިޔެއިން އެއްވަނަ ހޯދާފައިވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނެވެ.

މިއީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތުގެ ތާރީޚުގައިވެސް، ހުރިހާ އުމުރުފުރާއެއްގެ އެންމެ ފަޚުރުވެރި ވަނަތައް އެއް ޤައުމަކުން ހާސިލުކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ މައިގަނޑު މަގްސަދަކީ އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީޢާއިން، ޝައުޤުވެރި މާޙައުލެއްގައި ހިސާބުގެ ތަޞައްވުރުތައް ދައްކުވައިދީ، ހިސާބު ޢިލްމަށް ކުދިން ލޯބިޖެއްސުމެވެ.

މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުން 7،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތުގައި، މިއަހަރު ދުނިޔޭގެ 34 ޤައުމަކުން ކުދިން ބައިވެރިވިއިރު ރާއްޖެއިން އެކަނިވެސް 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. މިއާއެކު ދިވެހިރާއްޖެ ވެފައިވަނީ އާބާދީގެ ނިސްބަތުން އެންމެ ގިނަ ކުދިން މި މުބާރާތުގައި ބައިވެރިވި ޤައުމަށެވެ.

ކޮމެންޓް
ފަހުގެ
HDC