logoEN
WAMCO TOP 1
ހޯރަފުއްޓާއި، ހިންނަވަރާއި، މާމިގިލި ހިމެނޭހެން ހަތް ރަށެއްގައި ބީއެމްއެލްގެ އިތުރު ބްރާންޗުތައް ހުޅުވައިފި

ހޯރަފުއްޓާއި، ހިންނަވަރާއި، މާމިގިލި ހިމެނޭހެން ހަތް ރަށެއްގައި ބީއެމްއެލްގެ އިތުރު ބްރާންޗުތައް ހުޅުވައިފި

އަހުމަދު ޝުރާއު

logo

7/15/2026, 7:45:54 AM

# ބޭންކް އޮފް މޯލްޑިވްސް

-

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ރަށެއްގައި ބްރާންޗުގެ ޚިދުމަތް ފަށައި ބޭންކުގެ ވިއުގަ ވަރަށް ބޮޑަށް ފުޅާކޮށްފިއެވެ.

THE TRAVELLER AD

މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބްރާންޗްތައް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއަދު އަލަށް ޚިދުމަތް ދޭން ފެށި ހަތް ބްރާންޗު ގާއިމުކޮށްފައިވާ ރަށްތަކަކީ:

  1. ހއ. ހޯރަފުށި
  2. ށ. ކަނޑިތީމު
  3. ރ. އަލިފުށި
  4. ޅ. ހިންނަވަރު
  5. އދ. މާމިގިލި
  6. ގއ. ގެމަނަފުށި
  7. ލ. މާވަށް

މި ހަތް ބްރާންޗާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ހިންގަމުންދެއެވެ.

މީގެ ތެރޭގައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް އަލަށް ހުޅުވި 17 ބްރާންޗް ހިމެނެއެވެ.

ބޭންކުން ހާމަކުރާ ގޮތުގައި މިއީ ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށްޓަކައި ބޭންކުން ކުރަމުންދާ ދެމެހެއްޓެނިވި ބޮޑު އިންވެސްޓްމެންޓެކެވެ.

ކޮމެންޓް
ފަހުގެ
HDC