logoEN
WAMCO TOP 1
ދިއްދޫ ހައުސިންގ ޔުނިޓު މަޝްރޫޢު ނިމުމަކާ ގާތަށް، މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތް!

ދިއްދޫ ހައުސިންގ ޔުނިޓު މަޝްރޫޢު ނިމުމަކާ ގާތަށް، މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތް!

އަހުމަދު ޝުރާއު

logo

7/20/2026, 12:44:25 PM

# ހއ. ދިއްދޫ

-

ހއ. ދިއްދޫގައި އިމާރާތް ކުރަމުންދާ 75 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ މުޅި އަމަލީ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.

THE TRAVELLER AD

މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް އެ މިނިސްޓްރީން ބުނީ ދިއްދޫގައި އަޅަމުންދާ ހައުސިންގް ޔުނިޓްތަކުގެ 98.55 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ މި މަޝްރޫއުގެ އިމާރާތްކުރުމުގެ ބޮޑެތި މަސައްކަތްތައް ނިމި، މިހާރު ކުރިއަށް ދަނީ ރޯ ހައުސްތަކުގެ ބަދިގެއާއި ފާޚާނާތަކުގެ ފިނިޝިންގ މަސައްކަތްތައް އެއްކޮށް ނިންމާލުމުގެ އަމަލީ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢަކީ ދިއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 2023 ވަނަ އަހަރު އެސް ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ޖުމްލަ 120 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިމި، ކުރިއަށް އޮތް ތަނުގައި އާންމުންނަށް ބޭނުންކުރެވެން ފެށުމުން އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC