
-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަން މި މަޝްރޫއުގެ މަސައްކަތް ކުރިޔަށްގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ހާމަކޮށްފި އެވެ.

އެމްއޭސީއެލުން ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ 5 ވަނަ ދުވަހު އެވެ. އެގޮތުން މި މަސައްކަތް ކުރިޔަށްގެންދަނީ އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރުގެ އެހީގައި އެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން އެމްއޭސީއެލުން މިއަދު ބުނީ މިހާތަނަށް މި މަޝްރޫއުގެ ދަށުން 41 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ މި މަޝްރޫއުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ ޖުމުލަ ހެކްޓަރުގެ 36.61 އިންސައްތަ މަސައްކަތެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.
އެމްއޭސީއެލުން ދަނީ މިހާރުވެސް އިތުރު ބިން ހިއްކުމުގެ މަޝްރޫއެއް ކުރިޔަށްގެންދަމުންނެވެ. އެ ދެ މަޝްރޫއަކީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއުއާއި ރަސްމާލެ ހިއްކުމުގެ މަޝްރޫއުއެވެ. މި މަޝްރޫއުތަކަށް ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ރާއްޖެ ގެނެސްފައިވާއިރު މިހާރު ކުރިޔަށްދާ މަޝްރޫއުތައް ނިމެމުންދާ ވަރަކަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ އެހެން ބިން ހިއްކުމުގެ މަޝްރޫއުތައް ފެށުމަށް ވަނީ ނިންމާފައި އެވެ.
ގުޅުންހުރި

އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު!

ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: އެމްޑީ ޝަރީފް

އެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި

.gif&w=3840&q=75)



