
ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ރަސްމީކޮށް ހުޅުވަނީ: އިމާމުވެ ހުކުރު ކުރައްވާނީ ވަޒީރު ޝަހީމް!
# ހއ. ދިއްދޫ-
ހއ ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި ދިއްދޫ އިސްލާމީ މަރުކަޒާއި އެތަނުގެ އިސްލާމީ ލައިބްރަރީއާއި ޤުރުއާން މަރުކަޒުގެ އައުޓްރިޗް ސެންޓަރު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށް ފަހުގައި އެވެ.
އެގޮތުން އިސްލާމީ މަރުކަޒުގައި މާދަމާ ފުރަތަމަ ހުކުރު ކުރުމަށް ހަމަޖެހިފައިވާއިރު އިއިމާމުވެ ހުކުރު ކުރައްވާނީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި އިސްލާމީ މަރުކަޒުގެ މިސްކިތް ނިސްބަތްކޮށްފައިވަނީ މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުއްޓައި ނޮވެންބަރު 3 ގައި ޝަހީދުވި އެރަށު ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށެވެ.
މި އިސްލާމީ މަރުކަޒަކީ ނަމާދުކުރުމުގެ ޖާގައިގެ އިތުރުން، އިތުރު މުހިންމު ގިނަ ޚިދުމަތްތަކެއް ހޯދޭގޮތަށް ތަރައްޤީކޮށްފައިވާ ތަނެކެވެ. އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބައިގައި އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ވަނީ ޤާއިމުކޮށްފައެވެ.އަދި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމް ވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގައެއްވެސް ހިމެނެއެވެ.
އިސްލާމީ މަރުކަޒު ތަރައްޤީކުރަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެވެ. ދިއްދޫގައި މި ވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރުކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެކެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒާއެކު، މިސްކިތުގެ ޖާގައިގެ މައްސަލަ ޙައްލުވެ، އަލަށް މީހުން އާބާދުވާ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެއެވެ.
ގުޅުންހުރި

ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ރަސްމީކޮށް ހުޅުވަނީ: އިމާމުވެ ހުކުރު ކުރައްވާނީ ވަޒީރު ޝަހީމް!

ދިއްދޫ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވަނީ: ނަން ޚާއްސަކުރަނީ ޝަހީދު ޢުމަރު އަޙްމަދުއަށް!

ދިއްދޫއަށް ދަތުރުކުރަމުންދިޔަ "މެގަ ހޯރަ" ބޯޓު ފަރަށް އަރައިގެން ސިފައިން އެހީވަނީ





