logoEN
WAMCO TOP 1
ހާލަންޑްގެ ބާރކިން ކަލެކްޝަނުން ފެޝަން ދުނިޔެ ސިއްސުވާލައިފި!

ހާލަންޑްގެ ބާރކިން ކަލެކްޝަނުން ފެޝަން ދުނިޔެ ސިއްސުވާލައިފި!

ސާރާ އަހުމަދު

logo

7/13/2026, 9:30:14 AM

# ވޯލްޑް ކަޕް 2026

އާލިންގް ހާލަންޑް

މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ ލަނޑުތަކާއި މެޗުތަކުގެ ވާހަކަ ދެކެވެމުންދާއިރު، ދަނޑުން ބޭރުން ފެނުނު އެންމެ ބޮޑު ފެޝަން ޚަބަރަކަށް ވެފައިވަނީ ނޯވޭގެ ފޯވާޑް އާލިންގް ހާލަންޑްގެ އަގުބޮޑު ދަބަސްތަކެވެ.

THE TRAVELLER AD

ހާލަންޑް މި މުބާރާތުގެ އެންމެ އަގުބޮޑު ލަގްޒަރީ ސްޓައިލް އައިކަންއަށް ވެގެން ގޮސްފައިވަނީ އޭނާ ގެންގުޅޭ 317,000 އަށްވުރެ ގިނަ ޑޮލަރުގެ "ހާމްސް ބާރކިން" ދަބަސްތަކުގެ ސަބަބުންނެވެ.

ހާލަންޑް މެޗުތަކަށް ދަތުރުކުރާއިރު ފޮޓޯގްރާފަރުންނަށް ފާހަގަކުރެވިފައިވަނީ އޭނާ ގެންގުޅެނީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނޫފައްދާ ހާމްސްގެ ޓްރެވަލް ދަބަސްތަކެއް ކަމަށެވެ.

އާންމުކޮށް ސެލެބްރިޓީން ގެންގުޅޭ ކުދި ބާރކިން ދަބަސްތަކާ ޚިލާފަށް، ހާލަންޑް އިޚްތިޔާރުކުރަނީ ދަތުރުފަތުރަށް ޚާއްޞަ ބޮޑެތި ސްޓައިލްތަކެވެ.

އޭގެ ތެރެއިން އެންމެ އަގުބޮޑުކޮށް ފާހަގަވެފައިވަނީ 69,500 ޑޮލަރުގެ ކަޅުކުލައިގެ ދަބަހެކެވެ. މީގެ އިތުރުން 50,000 ޑޮލަރުގެ ދަބަހަކާއި، ފަރުބަދަތަކާއި މަގުތައް ކުރަހާފައިވާ 45,500 ޑޮލަރުގެ ލިމިޓެޑް އެޑިޝަން ދަބަސް ވެސް ހާލަންޑް ގެންގުޅެއެވެ.

ފެޝަން ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ހާލަންޑްގެ ސޯޝަލް މީޑިއާ އާއި ފޮޓޯތަކުން އެކަނިވެސް މަދުވެގެން މިފަދަ 7 އަގުބޮޑު ދަބަސް ފެނިފައިވެއެވެ.

އޭނާގެ ދިގު އިސްކޮޅާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ މި ބޮޑެތި ލަގްޒަރީ ދަބަސްތައް ވަރަށް ބޮޑަށް ގުޅޭ ކަމަށް ފެޝަން އެކްސްޕާޓުން ފާހަގަކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC