logoEN
WAMCO TOP 1
މުމްބާއީން ފެނުނު ސަލްމާން ޚާންގެ ބަދަލުވެފައިވާ ސޫރައިން އާންމުން ހައިރާންވެއްޖެ

މުމްބާއީން ފެނުނު ސަލްމާން ޚާންގެ ބަދަލުވެފައިވާ ސޫރައިން އާންމުން ހައިރާންވެއްޖެ

ސާރާ އަހުމަދު

logo

7/19/2026, 6:19:47 PM

# ބޮލީވުޑް

--

ބޮލީވުޑްގެ 'ބައިޖާން' ސަލްމާން ޚާން، ދާދިފަހުން މުމްބާއީގައި ބޭއްވުނު ޚާއްޞަ ހަފުލާއަކަށް ދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، އޭނާގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިއްޖެއެވެ.

THE TRAVELLER AD

މި ވީޑިއޯއިން ފެންނަ ގޮތުގައި، ސަލްމާން ޚާންގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ސަލްމާން ޚާން ކާރުން ފައިބައިގެން ހަފުލާއަށް ވަންނަން ހިނގާފައިދާ މަންޒަރެވެ. ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި، އޭނާ ހިނގާފައި ދިޔައީ ވަރަށް އުނދަގުލުންނެވެ. މީގެއިތުރުން، އޭނާގެ މޫނުމަތިން ވަރުބަލިކަމާއި އާދައިގެ މަތިން ފެންނަ ޖޯޝް މަދުވެފައިވާކަން ސަޕޯޓަރުންނަށް ވަނީ ފާހަގަކުރެވިފައެވެ.

ސަލްމާން ޚާންގެ އުމުރާއި، އޭނާއަށް މީގެކުރިން ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރިއާޔަތްކޮށް ގިނަ ބަޔަކު ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

ސޯޝަލް މީޑިއާގައި ޔޫޒަރުން ކުރަމުންދާ ކޮމެންޓްތަކުގައި ބުނެފައިވަނީ، ސަލްމާން ޚާން ވަނީ ވަރަށް ބޮޑަށް މުސްކުޅިވެފައިވާހެން ހީވާ ކަމަށާއި، އޭނާގެ އުނަގަނޑަށް ނުވަތަ ފައިގެ ހުޅަކަށް ތަދެއްވެފައި ހުރިހެން ހީވާ ކަމަށެވެ.

ނަމަވެސް، ބައެއް ސަޕޯޓަރުން ބުނަނީ މިއީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ ރޯލަކަށް ހަށިގަނޑު ބަދަލުކުރުމުގެ ސަބަބުން ނުވަތަ ޖިމްގައި ކުރި ބުރަ ވޯކްއައުޓެއްގެ ސަބަބުން ވެފައި ހުރި ގޮތެއް ކަމަށެވެ.

އޭނާގެ ސިއްހަތާ ބެހޭގޮތުން އާއިލާއިން ނުވަތަ އޭނާގެ ޓީމުން ރަސްމީކޮށް އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ފަހުގެ
HDC