
"ޗަންދޫ ޗެމްޕިއަން" އިން ކާތިކް އާރްޔަންއަށް އޭނާގެ ކެރިއަރުގެ ފުރަތަމަ ޤައުމީ އެވޯޑު ލިބިއްޖެ!
# ބޮލީވުޑްކާތިކް އާރްޔަން
ޑައިރެކްޓަރު ކަބީރު ޚާން އުފެއްދި ބަޔޮގްރަފިކަލް ސްޕޯޓްސް ފިލްމު 'ޗަންދޫ ޗެމްޕިއަން' ގައި ކާތިކް އާރްޔަން ދެއްކި ފުރިހަމަ އެކްޓިންގއަށް، އޭނާގެ ކެރިއަރުގެ ފުރަތަމަ ޤައުމީ ފިލްމީ އެވޯޑު ލިބިއްޖެއެވެ.

އެންމެ މޮޅު ބަތަލުގެ ޝަރަފުވެރި މަގާމު ކާތިކް ހާސިލުކޮށްފައިވަނީ ދެކުނު ފިލްމީ ދާއިރާގެ ލެޖެންޑް މަމޫޓީއާ އެކުއެވެ. މި ބޮޑު ކާމިޔާބީއާއެކު ކާތިކްއަށް ސަޕޯޓަރުން ދަނީ މުޅި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ގިނަ ބަޔަކު ބުނެފައިވަނީ، މިއީ ކާތިކްގެ ކެރިއަރުގައި މިހާތަނަށް ދެއްކި އެންމެ މޮޅު ޕާފޯމަންސް ކަމަށާއި، އޭނާއަށް މި އެވޯޑު ފުރިހަމައަށް ހައްގުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ވަރުގަދަ ސްކްރިޕްޓްތައް ޚިޔާރުކުރުމަށް ސަޕޯޓަރުން އޭނާއަށް ނަސޭހަތްތެރިވެފައިވެއެވެ.
'ޗަންދޫ ޗެމްޕިއަން' ފިލްމަކީ އިންޑިއާގެ ފުރަތަމަ ޕެރަލިމްޕިކް ރަން މެޑަލް ހޯދި މުރްލީކާންތު ޕެޓްކަރްގެ ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
މި ރޯލަށްޓަކައި ކާތިކް ވަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބޮޑު ގުރުބާނީއެއްވެފައެވެ.
މި ފިލްމުގައި ކާތިކްގެ އިތުރުން ވިޖޭ ރާޒް، ބޫވަން އަރޯރާ، އަދި ރާޖްޕާލް ޔާދަވް ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
ޖޯން އަބްރަހަމްގެ "ޓެސްޓް ސަބްޖެކްޓް ވީ": ސިއްހީ އާދަތަކަށް ލޯހުޅުވާލަދޭ އުފެއްދުމެއް!
.avif&w=3840&q=75)
30 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ސަންޖޭ މިޝްރާއަށް ފުރަތަމަ ފަހަރަށް ގައުމީ އެވޯޑު!
(6).jpeg&w=3840&q=75)
"ބޯލް ބައްޗަން" އަށްފަހު 10 އަހަރު: އަރްޗަނާއަށް ފިލްމީ ފުރުސަތެއް ނުލިބޭ!




