
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، އއ. އަތޮޅުގެ ރަށްތަކުގެ ރަސްމީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
# އއ. އަތޮޅު# އެމްއެންޑީއެފްފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދު، އއ. އަތޮޅަށް ކުރައްވަމުުންގެންދަވާ ޒިޔާރަތުގެ ތެރެއިން، އެ އަތޮޅުގެ ހަތަރު ރަށެއްގެ ރަސްމީ އިދާރާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މާލެ އޭރިއާ ކޮމާންޑަށް ނިސްބަތްވާ އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ މި ޒިޔާރަތުގެ ތެރެއިން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ މިއަދު ވަނީ އއ. މަތިވެރި، އއ. ފެރިދޫ، އއ. މާޅޮސް، އަދި އއ. ހިމަންދޫއަށް ވަޑައިގެން، އެ ރަށްތަކުގެ ކައުންސިލް އަދި އެހެނިހެން އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި، އެ ރަށްތަކަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ، އެ ކަންކަމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑަށް ކޮށްދެވިދާނެ ކަންކަމާ ބެހޭގޮތުންނާއި، އެހީތެރިކަން ފޯރުކޮށްދެވޭނެ އެހެނިހެން ދާއިރާތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެ ރަށްރަށުގެ އިދާރާތަކުން ވަނީ، އެމްއެންޑީއެފާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިިބިކަން ފާހަގަކުރައްވައި، ޝުކުރު ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމަކީ، އަލަށް އިންތިޙާބުވި ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ބޭއްވި ފުރަތަމަ ބައްދަލުކުރުން ވެސް މެއެވެ.
މި ބައްދަލުކުރެއްވުންތަކުގައި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ އަރިހުގައި، މާލެ އޭރިއާ ކޮމާންޑުގެ ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި

ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި




