logoEN
WAMCO TOP 1
ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު 8 ލައްކައެއްހާ ރުފިޔާ އަނބުރާ ހޯދައިފި

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު 8 ލައްކައެއްހާ ރުފިޔާ އަނބުރާ ހޯދައިފި

# ވައްކަމުގެ މައްސަލަ# ފުލުހުން# ފޭރުން

ފުލުހުންގެ އިދާރާ- ގާފު ފޮޓޯ

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހަފްތާއެއްގެ ތެރޭގައި ގެއްލުނު 8 ލައްކަ ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން ވިދާޅުވީ، ޖުލައި މަހު 5 އިން 11 އަށް ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 838,434 އަށް އަރާކަމަށެވެ. އަދި މި މުއްދަތުގައި މިފަދަ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 826,730 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހު 5 އިން 11 އަށް މާލެ ސަރަހައްދުގައި ހިނގި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޖުމްލަ 838،434 ރުފިޔާ ގެއްލިގެން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އެއާޕޯޓް ޓޫރިސްޓް ޕޮލިސްއަށް ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ 26،335 ރުފިޔާ އާއި، ހެންވޭރު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތުގައި ހިމެނޭ 200،578 ރުފިޔާއާއި، ގަލޮޅު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ 203،968 ރުފިޔާގެ އިތުރުން މާފަންނު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ 407،553 ރުފިޔާއެވެ.

ފުލުހުން ވިދާޅުވީ، ގެއްލިފައިވާ ފައިސާގެ ތެރެއިން %98 އަށްވުރެ ގިނަ ފައިސާ ހަމަ މި މުއްދަތުގައި އަނބުރާ ހޯދިފައިވާ ކަމަށެެވެ. އެއީ ޖުމްލަ 826،730 ރުފިޔާއެވެ.

ފުލުހުން އަނބުރާ ހޯދި ފައިސާގެ ތެރޭގައި ހިމެނެނީ، އެއާޕޯޓު އަދި ޓޫރިސްޓް ފުލުހުން ހޯދާފައިވާ 26،335 ރުފިޔާއާއި، ހެންވޭރު ފުލުހުން ހޯދި 175،250 ރުފިޔާއާއި ގަލޮޅު ފުލުހުން ހޯދި 225،215 ރުފިޔާއާއި، މާފަންނު ފުލުހުން ހޯދި 396،888 ރުފިޔާގެ އިތުރުން ވިލިމާލެ ފުލުހުން ހޯދި 3،042 ރުފިޔާއެވެ.

ފުލުހުން ވިދާޅުވީ، ވައްކަމާއި ފޭރުމުގެ މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ އަވަހަށް ހޯދައި އޭގެ ވެރިފަރާތަށް ރައްދުކުރުމަށް ފުލުހުން ކޮންމެ ދުވަހަކުވެސް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގައުމުގެ އަމާންކަން ދެމެހެއްޓުމަށް މިފަދަ ކުށްތައް ހުއްޓުވައި، ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް އެ ޚިދުމަތުން ވަނީ ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC