logoEN
WAMCO TOP 1
ސަރުކާރުގެ އަމާޒަކީ ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން: އިޙްސާން

ސަރުކާރުގެ އަމާޒަކީ ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން: އިޙްސާން

އަހުމަދު ޝުރާއު

logo

6/26/2026, 11:18:02 AM

# މިނިސްޓަރ އަލީ އިހްސާން

-

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރިހިބިލިޓޭޓް ވެގެން އަންނަ މީހާ މުޖުތަމަޢުގެ ތެރޭގައި ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ވަކިން ޚާއްސަކޮށް ޑްރަގްގެ ސިޔާސަތުގެ ތެރޭގައި ރިހިބިލިޓޭޓް ވެގެން އަންނަ މީހާ މުޖުތަމަޢުގެ ތެރޭގައި ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމު ފެށުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނ. ވެލިދޫގައި ޤާއިމްކުރާ ސެންޓަރުގެ މަސައްކަތްތައް ނިންމާލެވޭ ވަރުވާނެ ކަމަށެވެ.

އަދި އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކާށިދޫ އަދި ލ. ގަމުގައި ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޑްރަގްގެ ހަވާސާގައި ދިމާވާ މައްސަލަތަކީ އެ ވަބާއަށް ވުރެ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޑްރަގްގެ ވަބާގައި ދާއިމީ ގޮތެއްގައި ޖެހިފައިވާ މީހުންނާ އަދި އެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނާ މެދު މުޖުތަމަޢު ދެކޭ ދެކުން ބަދަލުވާން ޖެހޭކަން ފާހަގަކުރައްވާފައެވެ.

އެފަދަ މީހުން ދާއިމީ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް އުޅުމުގައި ވަޒީފާ ދޭ މީހުންނާއި، ވަޒީފާ އުފައްދާ މީހުންނާއި، ފަރުދުންގެ ޒިންމާ ބޮޑު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ބައިވެރިވެ 300 އަށް ވުރެ ގިނަ ބައިވެރިން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC