logoEN
WAMCO TOP 1
ހުއްދަ ނުހޯދާ މަސައްކަތްކުރި ބަޔަކު ޖޫރިމަނާކޮށްފި

ހުއްދަ ނުހޯދާ މަސައްކަތްކުރި ބަޔަކު ޖޫރިމަނާކޮށްފި

ޖަޒްލާ މުހައްމަދު

logo

7/18/2026, 10:06:22 AM

# މާލެ ސިޓީ ކައުންސިލް

ހުއްދަ ނުހޯދައި ދުވާރުމަތީގައި މަސައްކަތްކުރި ސަރަހައްދު- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ނަގަން ޖެހޭ ހުއްދަ ނުނަގައި މަސައްކަތްކުރި ބަޔަކު މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި އެވެ.

THE TRAVELLER AD

މާލެ ސިޓީ ކައުންސިލުން ބުނީ ގަވައިދާ ހިލާފަށް ދުވާރުމަތީގައި މަސައްކަތްކުރި ބަޔަކު ބޮޑުތަކުރުފާނު މަގު ހ.މާދޫ ނަމަކަށް ކިޔާ ގެއެއްކަމަށެވެ.

މި މީހުން ޖޫރިމަނާކޮށްފައިވަނީ މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުންނެވެ. އެއީ މާލެ ސިޓީގެ މަގުތަކާއި، ޕޭމަންޓުތަކާއި، ބަނދަރުތަކާއި، އާންމު ތަންތަނުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރުމުން ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ފޮނުވި ޗިޓުގައިވަނީ ޖޫރިމަނާކުރި ސަބަބެއްގެ ގޮތުގައި ޖަހާފައިވާ ދުވާރުމަތީގައި ސިޓީ ކައުންސިލުގެ "ހުއްދަ ބޯޑު" ނުބަހައްޓައި މަސައްކަތްކުރުން ކަމަށެވެ. ނަމަވެސް ޖޫރިމަނާކޮށްފައިވާ އަދަދެއް ޗިޓުގައި ނެތެވެ.

View post on Twitter

މާލޭގައި ހުއްދަ ނުހޯދައި، ނުވަތަ އެއްވެސް ރައްކާތެރިކަމެއްނެތި މަސައްކަތްކުރާ މައްސަލަތައް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. އެގޮތަށް މީގެފަހުން ރައްކާތެރިކަމެއް ނެތި މަސައްކަތްކުރުމުގެ ތެރެއިން އެތައް ބަޔަކަށް އަނިޔާވެފައިވާއިރު، ޖޫރިމަނާވެސްކޮށްފައިވެ އެވެ.

ކޮމެންޓް
ފަހުގެ
HDC