
ޒިކުރާ މިސްކިތަށް އުނދަގޫވާތީ ކުދީނާގޯޅީގައި ހުރި "ފުޑް ބިސްޓްރޯ" ބަންދުކޮށްފި
# މާލެ ސިޓީ ކައުންސިލް-
ކުދީނާ ގޯޅީގައި ހުންނަ "ފުޑް ބިސްޓްރޯ" ގެ ދުންހޮޅިން ނުބައިވަހާއި ދުން ބޭރުވެ، ކައިރީގައިވާ ޒިކުރާ މިސްކިތަށް އުނދަގޫވާ މައްސަލައިގައި އެ ތަން މާލެ ސިޓީ ކައުންސިލުން ވަގުތީގޮތުން ބަންދުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، އެ ތަނުގެ ދުންހޮޅީގެ މައްސަލަ ރަނގަޅުކުރުމަށް ކައުންސިލުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ ފަރާތުން އެތަނަށް ގޮސް ތަކުރާރުކޮށް ނަސޭހަތްދީފައިވީ ނަމަވެސް، އެ މައްސަލައަށް އެދެވޭ ހައްލެއް ހޯދާފައެއް ނުވެއެވެ.
މިއަދުގެ ހުކުރު ނަމާދު ގަޑީގައި ފުޑް ބިސްޓްރޯއިން ކައްކާ އެއްޗެހީގެ ވަސް އިންތިހާއަށް ދުވުމުގެ ސަބަބުން، ޒިކުރާ މިސްކިތުގައި ނަމާދަށް ތިއްބެވި ބޭފުޅުން ކޮށިއަރައި ނަމާދުކުރުމަށް ބޮޑެތި އުނދަގޫތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. މިކަމާ ގުޅިގެން އާންމުންގެ ފަރާތުން ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، މިއަދުގެ ހުކުރު ނަމާދަށްފަހު މާލެ ސިޓީ ކައުންސިލުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ވަނީ އެ ތަނަށް ގޮސް، ދުންހޮޅީގެ މައްސަލަ އެއްކޮށް ހައްލުކުރެވެންދެން އެ ތަނުގެ ޚިދުމަތްތައް ހުއްޓުވައި، ތަން ބަންދުކޮށްފައެވެ.
މީގެ އިތުރުން، ކައުންސިލުގެ މުވައްޒަފުން އެ ތަނަށް ބަލައިފާސްކުރަން ވަނުމާއެކު، އެ ތަނުގައި ކައްކަން ތިބި ބިދޭސީންނާއި ޚިދުމަތް ހޯދަން އައިސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފިލަން ދުވެފައެވެ.
ގުޅުންހުރި

ވޯޓަރ ސްލައިޑަކާއި އިންފްލެޓަބަލް ވޯޓަރ ޕާކަކާއެކު ރަސްފަންނު ތަރައްޤީކުރަން ސިޓީ ކައުންސިލުން ތައްޔާރުވަނީ
.webp&w=3840&q=75)
މަދިރި ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ކައުންސިލުން ޖުލައި މަހު 1,600 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފި

ޖުލައި މަހު އެކަނިވެސް މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށް، 33 ކާނުމަތި ބަދަލުކޮށްފި




