.webp&w=3840&q=75)
-
މާލޭގެ ހުޅަނގު ދެކުނު ފަރާތު ކަނޑުތޮށިމައްޗަށް އުކައިފައި ހުރި ގިނަ ޢަދަދެއްގެ ކުނިތައް ނަގައި، އެ ސަރަހައްދު ސާފުކުރުމުގެ ޚާއްޞަ މަސައްކަތެއް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ފަށައިފައެވެ.

މާލެ ވަށައިގެން ލައިފައިވާ ކަނޑުތޮށި ފަރުމާކުރެވިފައިވަނީ ތިންފައި ގަލުން ކަމަށްވާތީ، މޫދުން އޮޔާ އަންނަ ކުނިތައް ތޮށީގައި ޖަހައިފައިވާ މި ގާތަކުގެ ދޭތެރޭގައި ހަރުލާ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
މި ގާތަކަކީ އެ ހުންނަ ގޮތުން ދެ ގަލުގެ ދޭތެރޭ ބޮޑު ޖާގައެއް ހުންނަ ގާތަކަށް ވުމުން، ކުނި ތާށިވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިގޮތަށް ތާށިވާ ކުނިތަކުގެ ސަބަބުން އެ ސަރަހައްދުގެ ރީތިކަން ގެއްލި، ތިމާވެށީގެ ތަފާތު މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.
މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ކަނޑުތޮށި ސާފުކޮށް ބޭއްވުމަކީ މާލެއަށް ޒިޔާރަތްކުރާ މެހެމާނުންނަށް މާލޭގެ ރީތި މަންޒަރުތައް ފެންނާނެ ގޮތް ހެދުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މާލޭގެ މޫނުމަތި ރީތިކޮށް، ސާފުތާހިރުކަން މަތީ ބޭއްވުމަކީ ސިޓީ ކައުންސިލުން ނުހަނު ޚާއްޞަ އިސްކަމެއްދޭ ކަމެއްކަންވެސް މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުންހުރި

ޒިކުރާ މިސްކިތަށް އުނދަގޫވާތީ ކުދީނާގޯޅީގައި ހުރި "ފުޑް ބިސްޓްރޯ" ބަންދުކޮށްފި
.webp&w=3840&q=75)
މާލޭގެ ހުޅަނގު ދެކުނު ފަރާތު ކަނޑުތޮށި ސާފުކުރުމުގެ މަސައްކަތް ފަށައިފި

ކެފޭ ރެސްޓޯރަންޓްތަކުގެ ދުންހޮޅިތަކުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކޮމިޓީއަށް ފޮނުވައިފި




