logoEN
WAMCO TOP 1
ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެއްޓެއް ހިނގައިފި

ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެއްޓެއް ހިނގައިފި

# ދިވެހި ފުލުހުންގެ ޙިދުމަތް# އެކްސިޑެންޓް

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ

ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެއްޓެއް ހިގައިފިއެވެ.

THE TRAVELLER AD

ފުލުހުން ބުނީ މާލޭ ރައްދެބައިމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރުގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައިވަނީ 2026 ޖުލައި 17 ވަނަ ދުވަހުގެ ރޭ 00:15 އެހައިކަންހާއިރު ކަމަށް ވެސް ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާއަށް އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި މި އެކްސިޑެންޓުގެ ސަބަބުން ދެ ސައިކަލަށާއި ގުދަނުގެ ދޮރަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ޓޯވ ކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC