
ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް ---
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގާ ގެސްޓްހައުސެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދުގެ ވަގުތެއްގައި ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ހޭނެތިފައި އޮތް މީހަކު ފެނިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ، އެ މީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ފުރާނަ ނެތް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 50 އަހަރުގެ މުހައްމަދު ރަޒީން (މ. ސްޓާ) އެވެ.
މި މަރުގެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެހެންކަމުން، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ގުޅުންހުރި

ހުޅުމާލެ ގެސްޓްހައުސެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފޭދޫ ފިހާރައަކުން ވަގަށް ނެގި ތަކެތި 24 ގަޑިއިރު ތެރޭ ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފި




