.png&w=3840&q=75)
ކޯޓު އަމުރާ ހިލާފަށް ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ސ. މަރަދޫފޭދޫ / އުއްމީދު ގެއަށް، އަމުރާ ޚިލާފަށް ހުއްދަނެތި ވަދެ ތިއްބައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި، ސ. މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު 90 ދުވަހުގެ ބަންދު އަމުރާ ގުޅިގެން "އުއްމީދު" ސީލްކޮށް ބަންދުކޮށްފައިވަނީ 2026 ޖޫން 15 ވަނަ ދުވަހުއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ އިންޒާރު ދީފައެވެ.
ގުޅުންހުރި
.png&w=3840&q=75)
ކޯޓު އަމުރާ ހިލާފަށް ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ގެސްޓްހައުސެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފޭދޫ ފިހާރައަކުން ވަގަށް ނެގި ތަކެތި 24 ގަޑިއިރު ތެރޭ ހޯދައި ދެ މީހަކު ހައްޔަރުކޮށްފި




