
އުފެއްދުންތެރިކަމުގެ މައުރަޒު: 31 އޮގަސްޓުގެ ކުރިން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި
# ބީސީސީ# ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު 31 އޮގަސްޓުގެ ނިޔަލަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފި އެވެ.

ބީސީސީ އިން ބުނީ މި އަހަރުގެ މައުރަޒުގައި އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި އަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ތައުލީމުދޭ މަރުކަޒުތަކާއި، ރަށް ނުވަތަ ސިޓީ ކައުންސިލްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ބީސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވީ އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަހަރު އެޕްލިކޭޝަން ހުށައެޅުން ހަމަޖައްސާފައިވަނީ ފޭސްއައުޓްކޮށް ފިލްކުރަންޖެހޭގޮތައް ކަމަށެވެ. އެއީ ބައިވެރިވާ ފަރާތުގެ އަމިއްލަ މައުލޫމާތާއި، ކުރިމަތިލާ ގިންތިއާއި ބައިވެރިކުރާ ތަކެތީގެ އަދަދު ޖަހާލުމުން ފުދޭނެ ކަމަށެވެ."މިހާތަނަށް އަންނައިރު ބައެއް ފަރާތްތަކަށް ފަހަރެއްގައި އަދި ޔަޤީންނުވެ ހުރެދާނެ ތިމަންނަ ކޮންމެ ޕްރޮޑަކްޓެއްތޯ ލާނީ. އެހެންވީމަ އެ ވިސްނުމަށް ބަލާފައި މިހާރު އަޅުގަނޑުމެން މިހާރު މި އިނީޝިއަލް ފޭސްގައި މިޖެހެނީ އެބޭފުޅެއްގެ ޕާސަނަލް އިންފޮމޭޝަންއާއިއެއްކޮށް ހަމައެކަނި މި މެންޝަން ކޮށްލަންޖެހެނީ އަޅުގަނޑުމެންގެ މި ހުރި ގިންތިތަކުގެ ތެރެއިން ކޮން ގިންތިއަކުންކަމާ ކުރިމަތިލާންޖެހެނީ ކިތައް ޕްރިޑަކްޓްކަން. އޭގެ ބޭނުމަކަށް މިވަނީ އަސްލު މި ސްޓޭޖްގައި އަޅުގަނޑުމެންނަށް ވަރަސް މުހިންމު ކިތައް ޕްރޮޑަކްޓްކަން ބައިވެރިވާނީ އިނގުން." ސާމިހް ވިދާޅުވި އެވެ.
އެޕްލައިކުރުމުގެ ފުރުސަތު އޮގަސްޓު 31 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، 15 ސެޕްޓެންބަރާ ހަމައަށް އުފެއްދުމުގެ ތަފްސީލް ހިމެނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ސެޕްޓެންބަރު 30 ގެ ކުރިން އުފެއްދުމާއި ބެހޭ ތަފްސީލް ހިމެނުމުގެ ފުރުސަތު ލިބޭނެކަމަށް ބީސީސީއިން ބުންޏެވެ.
މީގެއިތުރުން ބުނީ މިހާތަނަށް އައިއިރު މި މައުރަޒަށް 180 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ވަނީ ތަޢާރަފްކޮށްފަ އެވެ.
މިއީ އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ދައްކާލުމަށް ހުޅުވާލެވުނު މުހިންމު ފުރުޞަތެއްގެ ގޮތުގައި ބީސީސީއިން ދެކެ އެވެ.
ގުޅުންހުރި

އުފެއްދުންތެރިކަމުގެ މައުރަޒު: 31 އޮގަސްޓުގެ ކުރިން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި

ބީސީސީގެ ޗެއާޕާސަންއަކަށް މުހައްމަދު ޝަހީދު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރާ އެމް.އެސް.އެމް.އީ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި




